ހިއުންޑާއި އިން ޕާކިސްތާނުގައި ކާރު އެސެމްބްލް ކުރަން ފަށަނީ

މަޝްހޫރު ކާރު އުފައްދާ ކުންފުނި، ހިއުންޑާއީ އިން ޕާކިސްޓާނުގައި ކާރު އެސެމްބްލް ކުރަން ނިންމައިފިއެވެ.

ޕާކިސްތާނުގައި ކާރު އެސެމްބްލް ކުރަން އެ ކުންފުނިން ނިންމާފައިވަނީ ޖޮއިންޓް ވެންޗާ އުސޫލުން، އެގައުމުގެ ޓެކްސްޓައިލް ކުންފުންޏެއް ކަމަށްވާ ނިޝަތް މިލްސްއާ އެކު އެވެ.

މިކަން ނިޝަތް މިލްސްގެ އޮފިޝަލަކު ވަނީ މީޑިއާ އަށް ކަށަވަރުކޮށްދީފައެވެ.

ހިއުންޑާއީ އިން މީގެ ކުރިންވެސް ޕާކިސްތާނުގައި ކާރު އެސެމްބްލް ކުރި އެވެ. ނަމަވެސް 2014 ވަނަ އަހަރުގެ ތެރޭގައި އެމަސައްކަތް ކުރީ ޖޮއިންޓް ވެންޗާ ކުންފުނި، ދީވާން ފާރޫގް މޮޓޯސް އިނދަޖެހި، މަސައްކަތް ހުއްޓުނީ އެވެ.

ޕާކިސްތާނަށް އަލުން ހިއުންޑާއީ އެނބުރި އައުމުން، ޖަޕާނަށް އުފަން ހިއުންޑާއީގެ މާކެޓު އިތުރަށް ފުޅާ ވެގެންދާނެ ކަމަކަށެވެ.

ހިއުންޑާއީ އަނެއްކާ ޕާކިސްތާނަށް އެނބުރި ދާއިރު، މިހާރު އެގައުމުގައި ކާރު އެސެމްބްލް ކުރަމުންދާ ކުންފުނިތަކުގެ ތެރޭގައި ޓޮޔޯޓާ، ހޮންޑާ ސުޒޫކީ ހިމެނެއެވެ.

ޖޮއިންޓް ވެންޗާ އުސޫލުން ހިއުންޑާއީގެ ކާރުތައް ޕާކިސްތާނުގައި އެސެމްބްލް ކުރާ އެކުންފުނީގެ ޕާޓްނަރު، ނިޝަތް މިލްސް އަކީ ނިޝަތް ގްރޫޕުގެ ސަބްސިޑަރީ ކުންފުންޏެކެވެ. ހިއުންޑާއި އަލުން އެނބުރި ޕާކިސްތާނަށް އަންނަ ކަން އިއުލާން ކުރުމާ އެކު ހިއްސާގެ ބާޒާރުގައި އެކުންފުނީގެ ހިއްސާގެ އަގު ވަނީ 1.4 ޕަސެންޓު މައްޗަށް އަރާފައެވެ.

comment ކޮމެންޓް