ގިރިފުށިން ޖަހާ ވަޒަނެއް ހިންމަފުއްޓަށް ނާރާނެ، ބިރެއް ނެތް: ޑިފެންސް މިނިސްޓަރު

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ----

ކ. ގިރިފުށީގައި ހުންނަ އެމްއެންޑީއެފްގެ ޓްރޭނިން ސެންޓަރުގައި ބޭނުންކުރާ ހަތިޔާރެއްގެ ވަޒަން އެއަތޮޅު ހިންމަފުއްޓަށް ނާރާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އާދަމް ޝަރީފް ވިދާޅުވީ، ހިންމަފުށީ ރައްޔިތުންނަށް އެއްވެސް ބިރެއް ނެތް ކަމަށެވެ.

ހިންމަފުށީ ގެއެއްގެ ކުޑަ ދޮރަށް ވަޒަނެއް އަރާފައި ހުއްޓައި މިދިޔަ ބުދަ ދުވަހު ވަނީ ފެނިފައެވެ. އެވަޒަން އެރީ ކިހިނަކުން ކަމެއް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް