މާމިގިލީގައި ލޮރީއެއް ދަށުވެ ބިދޭސީއަކު މަރުވެއްޖެ

މާމިގިލީގައި ބިދޭސީއަކު-- އެ ރަށުގައި ބިދޭސީއަކު ވަނީ މަރުވެފައި-- ސަން ފައިލް ފޮޓޯ

މިދިޔަ ބުދަ ދުވަހު އދ. މާމިގިލީ ވިލާ ސައިޓުގައި ހިނގި ހާދިސާއެއްގައި ބިދޭސީއަކު މަރުވި މައްސަލާގައި ޑުރައިވަރުގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ވިލާ ސައިޓުގައި މަސައްކަތްކުރާ 27 އަހަރުގެ އިންޑިއާ ރައްޔިތަކު މިދިޔަ ބުދަ ދުވަހު މަރުވެފައި ވަނީ ހައިޑްރޯލިކް ލޮރީއެއްގައި މުދާ އުފުލަން އުޅުމުގެ ތެރެއިން ފޮށިތައް އަރުވާފައި ހުރި ލޯރީގެ ފަހަތު ބައި ތިރި ކުރި އިރު އެއޭގެ ދަށުވެގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެބިދޭސީ މީހާ އޭގެ ދަށުވެގެން ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ އިންޑިއާ އަށް ފޮނުވައިފަ އެވެ.

އެހާދިސާއާ ގުޅިގެން އެލޮރީ ދުއްވަން އިން ޑުރައިވަރު ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ޑުރައިވަރުގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.

comment ކޮމެންޓް