ރާއްޖެ އައި ބަންގްލަދޭޝް މީހެއްގެ އަތުން 162 ގްރާމުގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އައި ބަންގްލަދޭޝް މީހެއްގެ އަތުން ފެނުނު މަސްތުވާތަކެތި -- ފޮޓޯ: ކަސްޓަމްސް

ބަންގްލަދޭޝްގެ ޑާކާއިން މާލެ އައި ބަންގްލަދޭޝް މީހެއްގެ އަތުން 162 ގްރާމުގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި މޯލްޑިވިއަންގެ ފްލައިޓަކުން މާލެ އައި އެ މީހާގެ އަތުން ފެނިފައިވަނީ ރާއްޖޭގައި މަނާކޮށްފައިވާ ބޭހުގެ ބާވަތެއްގެ 1452 ޓެބްލެޓް ކަމަށެވެ.

އެތަކެތީގެ ބަރުދަނުގައި 162 ގްރާމް ހުރި ކަމަށާއި، އެތަކެތި ފެނިފައި ވަނީ އެއާޕޯޓްގެ ޕެސެންޖާ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖު ފޮށި ތެރެއިން ފެނުނު ޕެކެޓުތަކެއްގެ ތެރޭގައި ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

މި މައްސަލަ ކަސްޓަމްސްއިން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

comment ކޮމެންޓް