ރަންދިހަ ފަހެއްގެ ވަގު ނޫޓެއް ނޫޅޭ: އެމްއެމްއޭ

ރަންދިހަފަހެއްގެ ވަގު ނޫޓެއް ނޫޅޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ބުނެފި އެވެ.

ރަންދިހަ ފަހެއް ސީރީޒްގެ ފޭކް ނޫޓުތަކެއް އުޅޭކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެމްއެމްއޭގެ އިންފޮމޭޝަން އޮފިސަރު މަންސޫރު ޒުބައިރު މިއަދު "ސަން"އަށް ވިދާޅުވީ، މިހާރު ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ ކުރީގެ ފޮޓޯތަކެއް ކަމަށާއި ރަންދިހަ ފަހެއްގެ ވަގު ނޫޓެއް ނޫޅޭ ކަމަށެވެ.

"އެއީ މިދިޔަ އަހަރު 10 ރުފިޔާ ބުލީޗް ކޮށްލައިގެން ނެރެގެން އުޅުނު ނޫޓް، އެއީ ފޭކް ނޫޓެއް ކަމަށް އަޅުގަނޑުމެން ނުދެކެން، މިހާތަނަކަށް ނެތް ރަންދިހަ ފަހެއްގެ ވަގު ނޫޓެއް،" މަންސޫރު ވިދާޅުވި އެވެ.

ޒަމާނީ ސެކިއުރިޓީ ފީޗާސްތަކާ އެކު ރަންދިހަ ފަހެއްގެ ނޫޓު ސީރީޒްތައް ތައާރަފްކޮށްފައި ވަނީ 2015 ވަނަ އަހަރު ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.

comment ކޮމެންޓް