'ރީލޯޑް'ގެ ޝޫޓިން ނިންމާލައިފި

ސިދާރްތު މަލޯތުރާ އަދި ޖެކްލީން ފާނަންޑޭޒްގެ ކުރިއަށް އޮތް ފިލްމު 'ރީލޯޑް'ގެ ޝޫޓިންގް ނިންމާލައިފި އެވެ.

'ރީލޯޑް' އަކީ 'ޝޯރް އިން ދަ ސިޓީ' އަދި 'ގޯ ގޯއާ ގޯން' ފަދަ ފިލްމުތައް ޑައިރެކްޓު ކޮށްފައިވާ ރާޖް ނިދިމޯރޫ އަދި ކްރިޝްނާ ޑީކޭ ޑައިރެކްޓު ކުރާ އެކްޝަން ފިލްމެކެވެ.

ފިލްމުގެ މައިގަނޑު ދެތަރިން ކަމުގައިވާ ސިދާރްތު އަދި ޖެކްލީން ވަނީ ފިލްމުގެ ޝޫޓިން ނިމިފައިވާ ކަމަށް ބުނެ ފޮޓޯ އެއް އިންސްޓަގްރާމް ކޮށްފަ އެވެ. އެ ފޮޓޯގައި ފިލްމުގެ ކްރޫ ފެނެ އެވެ.

'ރީލޯޑް' އަކީ 2014 ވަނަ އަހަރު ރިލީޒް ކުރި ރިތިކް ރޯޝަންގެ ފިލްމު 'ބޭންގް ބޭންގް'ގެ ސީކުއެލްއެއް ކަމަށް ކުރިން ރިޕޯޓުތައް ބުނި ނަމަވެސް، ފިލްމުގެ ޑައިރެކްޓަރު ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

'ރީލޯޑް' ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އޯގަސްޓު މަހުގެ 25 ވަނަ ދުވަހު އެވެ.

comment ކޮމެންޓް