ސިކުނޑި މަރުވި ކުއްޖާ މަރުވެއްޖެ

ފޭދޫ ބޮޑުމަގުގައި ހިނގި އެކްސިޑެންޓުގައި ދުއްވި 2 ސައިކަލް --- ސަން ފޮޓޯ: ކިޔުންތެރިއެއް

ލ. ކަލައިދޫގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 14 އަހަރުގެ ކުއްޖާ މަރުވެއްޖެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ރޭ 1:45 ކަންހާއިރު އޭނާ މަރުވެފައިވާ ކަމަށެވެ.

އޭނާ މަރުވެފައި ވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ސިކުނޑި މަރުވެފައިވާތާ ދެތިން ދުވަސް ފަހުންނެވެ.

އެ އެކްސިޑެންޓު ހިނގާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ތިން ކުއްޖަކު ސައިކަލު ދުއްވަން ނުކުމެ އުޅުމުގެ ތެރޭގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައި ވަނީ އެތަނުން ދެ ކުއްޖަކު ދުއްވި ދެ ސައިކަލެއްގެ ދެ ޕެޑަލްގައި އަޅައިގަނެ ވެއްޓިގެންނެވެ.

ފުލުހުން ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

comment ކޮމެންޓް