ކުމްކުމް ބާގިޔާގެ ތަރި ޝަބީރް އަހްލުވާލިއާ އަންހެނުންނާއެކު ޗުއްޓީއަށް ރާއްޖޭގައި

މަޝްހޫރު ޓީވީ ޖޯޑެއް ކަމަށްވާ ޝަބީރް އަހްލުވާލިއާ އަދި އަންހެނުން ކަންޗީ ކައުލް ރާއްޖޭގައި ---

މަޝްހޫރު ޓީވީ ޖޯޑެއް ކަމަށްވާ ޝަބީރް އަހްލުވާލިއާ އަދި އޭނާގެ އަންހެނުން ކަންޗީ ކައުލް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ސްޓާ ޕްލަސް އިން ގެނެސްދިން "ކަހީ ތޯ ހޯގާ" އިން އާއްމުންގެ މަގްބޫލުކަން ލިބިގެންދިޔަ ތަރި އަހުލުވާލިއާ އާއި އޭނާގެ އަންހެނުން ރާއްޖެ އައިސްފައިވަނީ ކޮން އިރަކު ކަމެއް ނޭނގެއެވެ.

ނަމަވެސް ރާއްޖޭގައި އެމީހުން ހޭދަކުރަމުންދާ ޗުއްޓީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންދާއިރު، ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް އެންމެ ފުރަތަމަ ހިއްސާ ކޮށްފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ.

އަދި މީގެ ގަޑިއެއްހާއިރު ކުރިން ވެސް އަހުލުވާލިއާ ވަނީ ވިންޑް ސާފިން ކުރާ ފޮޓޯއެއް އިންސްޓަގްރަމްގައި ހިއްސާ ކޮށްފައެވެ.

ސޯޝަލް މީޑިއާއާ ހިއްސާ ކުރަމުންދާ ފޮޓޯތަކުގައި ޓެގް ކޮށްފައިވާ ގޮތުން، އެމީހުން ޗުއްޓީ ހޭދަކުރަމުންދަނީ ޝެވެލް ބްލޮން ރަންދެލި ރިސޯޓްގައެވެ.

ޒީ ޓީވީން ގެނެސްދޭ "ކުމްކުމް ބާގިޔާ"ގައި އަބީޝެކް ޕްރެމް މެހްރާގެ ރޯލުން ފެނިގެންދާ އަދި އެ ސީރީޒުން މިދިޔަ އަހަރުގެ ޒީ ގޯލްޑް އެވޯޑްސްގެ ބެސްޓް އެކްޓާ އިން ލީޑް ރޯލުގެ އެވޯޑް ހޯދާފައިވާ އަހުލުވާލިއާ އާއި ކަންޗީ ކައުލް ކައިވެނި ކޮށްގެން އުޅޭތާ ހަ އަހަރު ވެފައިވާއިރު، އެ ދެމީހުންނަށް ދެ ކުދިން ވަނީ ލިބިފައެވެ.

ނަމަވެސް އެމީހުން ރާއްޖޭގައި ހޭދަކުރަމުންދާ ޗުއްޓީގައި، އެ ދެ ކުދިން ބައިވެރިވާކަމެއް ނޭނގެއެވެ.

#intotheblue #sailing #makingmemories #awesomeness #chevalblancrandheli

A photo posted by Shabir Ahluwalia (@shabirahluwalia) on

comment ކޮމެންޓް