ބީޕީޓީއާާއި ޖީއެސްޓީ ބަލައިގަތުމަށް ބާ ޖަމާލުއްދީނުގައި ކައުންޓަރު ތަކެއް ބަހައްޓަނީ

މީރާ ކައުންޓަރުތަކަކުން ބަޔަކު ހިދުމަތް ހޯދަނީ -- ސަން ފައިލް ފޮޓޯ/ އަލީ ނަސީރު

ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން ބާޖަމާލުއްދީން ސްކޫލުގައި، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) އާއި މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ) ބަލައި ގަތުމަށް ކައުންޓަރު ތަކެއް ބެހެއްޓުމަށް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފި އެވެ.

މީރާ އިން ބުނީ އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން އެ ހަފްތާގެ އަންގާރަ ދުވަހާއި ހަމައަށް ވަގުތީ ކައުންޓަރު ތަކެއް ބާޖަމާލުއްދީން ސްކޫލުގައި ބަހައްޓާނެ ކަމަށެވެ.

މީރާއިން ބުނީ އެކައުންޓަރު ތަކުން ބަލައިގަންނާނީ، ހަމަ އެކަނި ޖީއެސްޓީ އާއި ބީޕީޓީގެ ބަޔާނާއި ފައިސާ ކަމަށެވެ. އަދި އެގޮތަށް އެކަން ނިންމީ ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ ގޮތެއް ހަމަޖައްސައި ދިނުމަށް ކަމަށެވެ.

މިދިޔަ އަހަރުގެ ދެވަނަ އިންޓެރިމްގެ ޕޭމަންޓުގެ ސްޓޭޓްމެންޓް ހުށަހަޅައި، ފައިސާ ދެއްކުމަށް ދީފައިވާ ސުން ގަޑިއަކީ މިމަހުގެ 31 ވަނަ ދުވަހެވެ.

comment ކޮމެންޓް