އަމީތާބް އާއި ޖަޔާ ދިރިއުޅެނީ ވަކިން؟!

މެގަސްޓާ އަމީތާބް ބައްޗަން އާއި އޭނާގެ އަންހެނުން ޖަޔާ ބައްޗަން ދިރިއުޅެމުން ގެންދަނީ ވަކިން ކަމަށް، އިންޑިއާގެ ސަމަޖްވާދީ ޕާޓީގެ ޕޮލިޓީޝަން އަމަރް ސިންގް ބުނެފި އެވެ.

އިންޓަވިއުއެއްގައި އަމަރް ސިންގް ބުނެފައި ވަނީ އިންޑިއާގައި ހިނގާ ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭ ފަރާތަކީ އޭނާ ކަމަށް ބައެއް މީހުން ގަބޫލު ކުރާ ކަމަށެވެ. އެގޮތުން އޭނާ އާއި އަމީތާބް އާ ބައްދަލުވުމުގެ ކުރިން ވެސް އަމީތާބް އާއި ޖަޔާ ދިރިއުޅެމުން އަންނަނީ ވަކިން ކަމަށް އަމަރް ސިންގް ވަނީ ބުނެފަ އެވެ.

އެކަކު ދިރިއުޅެމުން ދިޔައީ ޕްރަތީކްޝާގައި. އަނެކަކު ދިރިއުޅެމުން ދިޔައީ ޖަނަކްގައި ހުންނަ ގޭގައި،" އަމަރް ސިންގ ބުނެފައިވެ އެވެ.

ހަމައެއާ އެކު، ޖަޔާ ބައްޗަން އާއި އަބީޝެކް ބައްޗަންގެ އަންހެނުން އައިޝްވާރްޔާ ރާއި އާދެމެދު ވެސް މައްސަލަތަކެއް ޖެހިފައިވާ ކަމަށް އަމަރް ސިންގް ވަނީ ބުނެފަ އެވެ.

އަމަރް ސިންގްގެ ވާހަކަތަކާ ގުޅިގެން ބައްޗަން އާއިލާ އިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެ އެވެ.

comment ކޮމެންޓް