އަބޫދާބީގެ 125 ބިލިޔަން ޑޮލަރުގެ ބޮޑު ފަންޑެއްގެ ވެރިއަކަށް މެންޗެސްޓާ ސިޓީގެ ޗެއާމަން

މެންޗެސްޓަރ ސިޓީގެ ޗެއާމަން އަދި ޔޫއެއީގެ ވިޔަފާރިވެރިޔާ ޚަލްދޫން މުބާރަކު ---

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫ ދާބީ އިމާރާތުގެ ދެ ފަންޑެއް އެއްކޮށްލައި، 125 ބިލިޔަން ޑޮލަރުގެ ބޮޑު ފަންޑެއް އުފައްދައި، އެ ފަންޑުގެ ވެރިއަކަށް އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބު މެންޗެސްޓަރ ސިޓީގެ ޗެއާމަން ޚަލްދޫން ޚަލީފާ އަލް މުބާރަކު އައްޔަނުކޮށްފިއެވެ.

އަބޫދާބީ ސަރުކާރުން އުފައްދާފައިވާ ދެ އިންވެސްޓްމެންޓް ފަންޑުކަމުގައިވާ، މުބާދަލާ ޑިވެލޮޕްމެންޓް ކޮމްޕެނީއާއި އިންޓަނޭޝަނަލް ޕެޓްރޯލިއަމް އިންވެސްޓްމެންޓް ކޮމްޕެނީ (އައިޕީއައިސީ)އަކީ ސަރުކާރުގެ އެންމެ ބޮޑު ދެ އިންވެސްޓްމެންޓް ފަންޑެވެ.

ނަމަވެސް މިހާރު ތެލުގެ އަގު ދަށްވެ، ފަންޑަށް ވެސް އޭގެ އަސަރު ކުރަމުން ދާތީ، އަބޫދާބީގެ ސަރުކާރުން ނިންމާފައިވަނީ ދެ ފަންޑު އެއްކޮށްލައި، ބޮޑު އެއް ފަންޑު ހިންގުމަށެވެ.

އަބޫދާބީން ވަނީ ދެ ފަންޑު 'މާރޖް'ކޮށް، މުބާދަލާ އިންވެސްޓްމެންޓް ކޮމްޕެނީގެ ނަމުގައި ފަންޑެއް ހަދައި، މުބާދަލާގެ ކުރީގެ ކުންފުނީގެ ސީއީއޯގެ ގޮތުގައި ހުންނެވި ޔޫއޭއީގެ ވިޔަފާރިވެެރިޔާ ޚަލްދޫން ޚަލީފާ އަލް މުބާރަކް އާ ފަންޑުގެ ވެސް ސީއީއޯކަމަށް އައްޔަނު ކޮށްފައެވެ. ޚަލްދޫން މުބާރަކަކީ އިނގިރޭސިވިލާތުގެ ފުޓުބޯޅަ ޓީމު މެންޗެސްޓާ ސިޓީގެ ޗެއާމަންވެސް މެއެވެ.

ދެ ފަންޑު އެއްކޮށްލައި، އުފެއްދި އާ ފަންޑުގައި ގާތްގަނޑަކަށް 125 ބިލިޔަން ޑޮލަރުގެ ރައުސުލްމާލެއް އޮންނާނެއެވެ.

comment ކޮމެންޓް