ކުނި އުކާލަން ދިޔަ ބަޔަކު 18 ކިލޯގެ "މާވަހަރެއް" ހޮވައިފި

ފުނަދޫއިން މިއަދު ހޮވި މާވަހަރު ކަމަށް ބެލެވޭ އެތި-- ފޮޓޯ: ކިޔުންތެރިއެއް

ކުނި އުކާލުމަށް ދިޔަ ށ. ފުނަދޫ ކައުންސިލްގެ މުވައްޒިފުންތަކެއް 18 ކިލޯގެ މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި އެވެ.

ފުނަދޫ ކައުންސިލް މެމްބަރު އަހުމަދު ނަޒީރު މިއަދު ސަން އަށް ވިދާޅުވީ ކުނި އުކާލުމަށް އެކައުންސިލްގައި މަސައްކަތް ކުރާ ދިވެހި ދެ މުވައްޒިފުން، މިއަދު ކުނި އުކާލުމުގެ ތެރެއިން ހޮވާފައި ވަނީ 18 ކިލޯގެ ހުދު މާވަހަރެއް ކަމަށް ބެލެވޭ ކަމަށެވެ.

"އެފެނުނީ ކުނި އުކާލަށް އެމީހުން ގޮސް އުޅުމުގެ ތެރެއިން ރަށު އިރުމަތީ ފަރާތު މޫދުން، ކުނި އުކާލަން ހަތް މީހުން އުޅޭ އިރު ދެ މީހަކު މީތި ނެގުމުގައި ހަރަކާތްތެރިވީ،" ނަޒީރު ވިދާޅުވި އެވެ.

ކައުންސިލްގެ ބެލުމުގެދަށުގައި އެ މާވަހަރު ކަމަށް ބެލެވޭ އެތި މިހާރު އޮތް އިރު މާވަހަރެއް ކަން ޔަގީން ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް