އެމްޑީޕީން ހުށަހެޅި އިންތިހާބީ މައްސަލަ ދައުލަތުން އެދިގެން ފަސްކޮށްފި

ހައިކޯޓު--- ސަންފައިލް ފޮޓޯ

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ކުރިން ހުށަހެޅި ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ބާތިލު ކުރުމުން އެ ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ދައުލަތުން އެދިގެން ފަސްކޮށްފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ކަމަށް ކުރިން އިލެކްޝަނުން ބުނި ތާރީހަކީ މި މަހު 14 އެވެ. ނަމަވެސް އެ ތާރީހު އަންނަ އޭޕްރީލް އަށް ވަނަ ދުވަހަށް ފަސްކޮށް އިންތިހާބުގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތައް ވެސް ވަނީ ބާތިލުކޮށްފަ އެވެ.

އެއީ ބާތިލު ނިންމުމެއް ކަނޑައަޅައި ދިނުމަށް އެދި އެމްޑީޕީން ހައި ކޯޓަށް ހުށަހެޅި މައްސަލަ މިއަދު މެންދުރު އެކެއް ޖަހާއިރަށް ތާވަލު ކުރުމަށްފަހު އެ މައްސަލަ މިހާރު ވަނީ ބުރާސްފަތި ދުވަހަށް ލަސްކޮށްފަ އެވެ.

ހައި ކޯޓުން ބުނީ މައްސަލަ ލަސްކުރީ ދައުލަތުން އެދުމުން ދައުލަތަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ސިވިލް ކޯޓުން ހުކުމް ކުރީ ވެރިކްނ ކުރާ ޕާޓީ ޕީޕީއެމުން ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެވެ. އެއީ ޕާޓީގެ އެތެރޭގެ މައްސަލަތަކާ ގުޅިގެން އިންތިހާބަށް ވާދަކުރަން ޕީޕީއެމަށް ތައްޔާރު ނުވެވުމުގެ ސަބަބުންނެވެ.

comment ކޮމެންޓް