އެމްޓީސީސީ ފިޓްނަސް ޗެލެންޖުގެ ވަނަތައް ހޯދި ފަރާތްތަކަށް އިނާމު ދީފި

އެމްޓީސީސީ ފިޓްނަސް ޗެލެންޖްގެ ވަނަތައް ހޯދި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޓީއެފްޖީ

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީޓީސީ) ގުޅިގެން އެމްޓީސީސީ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ 'އެމްޓީސީސީ ފިޓްނަސް ޗެލެންޖް'ގެ ވަނަތައް ހޯދި ފަރާތްތަކަށް އިނާމު ދީފި އެވެ.

ޓީއެފްޖީގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީ ފިޓްނަސް ޗެލެންޖްގެ ވަނަތައް ހޯދި ފަރާތްތަކަށް އިނާމު ހަވާލުކޮށްދިނީ ރާއްޖޭގެ މަޝްހޫރު ގޯލްކީޕަރު އިމްރާން މުހައްމަދެވެ.

އެމްޓީސީސީ ފިޓްނަސް ޗެލެންޖްގެ ވަނަތައް ހޯދި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޓީއެފްޖީ

އެމްޓީސީސީ ފިޓްނަސް ޗެލެންޖްގެ އެއް ވަނަ ހޯދީ މުހައްމަދު ޠާރިގު އެވެ. އޭނާ އަށް އިނާމެއްގެ ގޮތުގައި ލިބިފައި ވަނީ ޓީއެފްޖީ ސިންކް އިޓް ތިން މަހުގެ މެންބަޝިޕެކެވެ. އެ ޗެލެންޖްގެ ދެ ވަނަ ހޯދީ މުހައްމަދު އަފްރާހް އާއި މަރިޔަމް ސަފްނާ އެވެ. އެ ދެފަރާތަށް ވެސް އިނާމެއްގެ ގޮތުގައި ލިބިފައި ވަނީ ޓީއެފްޖީ ސިންކް އިޓްއެއް މަހުގެ މެންބަޝިޕެކެވެ.

އެމްޓީސީސީ ފިޓްނަސް ޗެލެންޖުގައި އެމްޓީސީސީގެ ދިހަ މުވައްޒަފުން ބައިވެރިވި އެވެ. އެ ޗެލެންޖް ކުރިއަށްދިޔައީ ފަސް ހަފްތާތެރޭ އެންމެ ރަނގަޅު ނަތީޖާތަކެއް ނެރޭ ބައިވެރިންނަށް އިނާމުދޭ ގޮތަށެވެ.

އެމްޓީސީސީގެ މުވައްޒަފުން ދުޅަހެޔޮ ސިއްހަތެއްގައި ބެއިތިއްބުމުގެ މަގްސަދުގައި އެ ކުންފުނީގެ ބޯޑު މެންބަރުންގެ އެއްބާރުލެއްވުމާ އެކު ކުރިއަށްގެން ދިޔަ ޕްރޮގްރާމެކެވެ.

comment ކޮމެންޓް