މީޑިއާ ކައުންސިލްގެ ބައި އިލެކްޝަން ފަސްކޮށްފި

އެންމެ ފަހުން ބޭއްވި މީޑިއާ ކައުންސިލް އިންތިޚާބުގެ ތެރެއިން ---- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް މީގެ ކުރިން އިއުލާންކުރި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައި އިލެކްޝަން ފަސްކޮށްފި އެވެ.

ހޯމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މީޑިއާ ކައުންސިލްގެ ބައި އިލެކްޝަން ދެން އޮންނަނީ އަންނަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ.

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ މި މަހުގެ 30 އިން ފެށިގެން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަނެއް ބާއްވަން ޖެހިފައި މިވަނީ އެ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު އަފްޒަލް އިސްތިއުފާ ދެއްވުމުންނެވެ.

comment ކޮމެންޓް