އެމްޑަބްލިއުއެސްސީން މެމްބްރޭން އަދި ކެމިކަލް އަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

އެމްޑަބްލިއުއެސްސީ ސޮލިއުޝަންސްގެ ނަމުގައި ހެދި ފޭސްބުކް ޕޭޖް ލޯންޗު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްޑަބްލިއުއެސްސީ

މެމްބްރޭން އަދި ކެމިކަލްއަށް ހާއްސަކޮށްގެން އެމްޑަބްލިއުއެސްސީން ޕްރޮމޯޝަންތަކެއް ފަށައިފިއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ، މިއަދުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން، ކެމިކަލްއަށް ހާއްސަކޮށްގެން ފެށި ޕްރޮމޯޝަންގައި ހަތް ވައްތަރަކުން 25 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާއިރު، މެމްބުރޭން ހަތަރު ވައްތަރަކުން ޑިސްކައުންޓް ލިބޭނެ އެވެ.

އެ ޕްރޮމޯޝަންތައް ތައާރަފް ކޮށްފައިވަނީ އެމްޑަބްލިއުއެސްސީ ސޮލިއުޝަންސްގެ ނަމުގައި ހެދި ފޭސްބުކް ޕޭޖް ލޯންޗު ކުރުމަށް އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

ރަސްމިއްޔާތުގައި ފަޒުލް ވިދާޅުވީ، މިއަދު ލޯންޗު ކުރި ފޭސްބުކް ޕޭޖު ވެގެންދާނީ އެ ކުންފުނިން ވިއްކާ މުދަލާއި ހިދުމަތްތައް ފަސޭހަކަމާއެކީ ކަސްޓަމަރުންނަށް ހިއްސާކުރުމަށް އިތުރުވެގެންދާ ޕްލެޓްފޯމެއް ކަމަށެވެ.

އެމްޑަބްލިއުއެސްސީން ބުނީ، އެ ޕޭޖް މެދުވެރިކޮށް ފެނުގެ ތަހުލީލީ ޓެސްޓްކުރުމުގެ ހިދުމަތާއި ޕަންޕް ސާވިސިންގް، އެސެޓް ރެންޓިން، މަސްވެރިންނަށް ދޫކުރާ އައިސް އަދި ކުންފުނީގެ ސޮލިއުޝަންސް އަދި ފެނާ ގުޅުން ހުރި ގިނަ ބާވަތްތަކާއި އެ ކުންފުނިން ވިއްކާ ބައެއް ތަކެތީގެ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.

comment ކޮމެންޓް