ނިލަންދޫގައި ކުޑަ ކުއްޖަކާމެދު ބަދުއަހުލާގީ އަމަލު ހިންގި ބަނގުލަދޭޝް މީހަކު ހޯދަނީ

ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މުހައްމަދު ރުބެލް (29އ) -- ފޮޓޯ/ ފުލުހުން

ފ. ނިލަންދޫގައި ކުޑަ ކުއްޖަކާ މެދު ބަދުއަހުލާގީ އަމަލު ހިންގި ބަނގުލަދޭޝް މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ، ނިލަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދަނީ އުމުރުން 29 އަހަރުގެ، މުހައްމަދު ރުބެލް ނަމަކަށް ކިޔާ މީހެއްކަމަށެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި، އެރަށު 17 އަހަރުގެ ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގައިގެން ހޯދަމުންދަނީ އެރަށުގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ. އަދި އެ މައްސަލައަކީ 2015 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ.

ފުލުހުން ބުނީ، ބިދޭސީ މީހާއާ ބެހޭ އެއްވެސް މައުުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791814 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް އެދޭ ކަމަށެވެ.

comment ކޮމެންޓް