ފުރަތަމަ ފަހަރަށް 'ބިލިއާޑް ނައިޓް'ގެ ނަމުގައި އިނާމު ދިނުމުގެ ރަސްމިއްޔާތެއް ބާއްވަނީ

މިދިޔަ އަހަރުގެ ގައުމީ 8 ބޯލް ބިލިއާޑް މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުރަތަމަ ފަހަރަށް "ބިލިއާޑް ނައިޓް"ގެ ނަމުގައި އިނާމު ދިނުމަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ ބިލިއާޑް ނައިޓްގައި ނިމިގެންދިޔަ 2016 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އެވޯޑެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

އެމްޕީބީއޭއިން ބާއްވާ ބިލިއާޑް ނައިޓްގައި އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން މިދިޔަ އަހަރުގެ މުބާރާތްތަކުން އެކި ވަނަތައް ހޯދާފައިވާ ކުޅުންތެރިންނަށް ވެސް އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.

'ސަން ސްޕޯޓްސް'އަށް މައުލޫމާތުދެއްވަމުން އެމްޕީބީއޭގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ ބިޝާރު ވިދާޅުވީ، އެ ރަސްމިއްޔާތަކީ ބިލިއާޑް ކުޅުންތެރިންނާއި އެކިގޮތްގޮތުން ބިލިއާޑް ކުރިއެރުވުމަށް މަސައްކަތްކޮށްދިން ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތެއް ކަމަށެވެ.

އެވޯޑް ނައިޓްގައި އެކި އިނާމުތައް ދިނުމުގެ އިތުރުން ގައުމީ ބިލިއާޑް ޓީމު އިއުލާން ކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.

comment ކޮމެންޓް