އެކުގައި މަރުވި ދެމަފިރިންގެ ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވަން ނިންމައިފި

ޖެނުއަރީ 8، 2017: މާވެޔޮ މަގުގައި ހުރި މ. ލައިޓް ސިގްނަލް ގޭގެއިން މަރުވެފައި ތިބި ދެމަފިރިން ފެނުން: ވިލުފުއްޓަށް ނިސްބަތްވާ އެ ދެ މީހުންގެ ތެރެއިން އަންހެން މީހާގެ އުމުރަކީ 40 އަހަރެ. އަދި ފިރިހެން މީހާގެ އުމުރަކީ 50 އަހަރު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މ. ލައިޓް ސިގްނަލް ގޭގައި މަރުވެފައި ތިއްބައި ފެނުނު ދެ މަފިރިންގެ ހަށިގަނޑުން ނެގި ސާމްޕަލްތައް ޓެސްޓު ކުރުމަށް ރައްޖެއިން ބޭރަށް ފޮނުވަން ނިންމައިފިއެވެ.

ނިދާ ނުހޭލައިގެން ވަދެ ބެލި އިރު މި މަހުގެ އަށް ވަނަ ދުވަހު މަރުވެފައި ތިއްބައި ފެނިފައި ވަނީ ތ. ވިލުފުށީ، ގާސިމް ޝާހިދު، 47، އަދި ރަޒީނާ އިބްރާހިމް، 42، އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ މީހުންގެ ހަށިގަނޑުން ނެގި ސާމްޕަލްތައް ރާއްޖެއިން ތަހުލީލުކުރިއިރު އެއްވެސް މައްސަލައެއް ފާހަގަނުކުރެވޭ ކަމަށާއި ރާއްޖެއިން ބޭރަށް އެ ސާމްޕަލްތައް ފޮނުވައިގެން ތަހުލީލުކުރަން ނިންމާފައިވާ ކަމަށެވެ.

އެ ދެ މީހުންގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ޒަޚަމެއް ނުވަތަ އަނިޔާގެ ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް