މާހިރާ 'ރައީސް' ޕްރޮމޯޓް ކުރާނީ ހަމައެކަނި ދުބާއީގައި

މާހިރާ ޚާން އާއި ޝާޚްރުކްޚާން: ރައީސް ފިލްމު ޕްމޯޓްކުރުމުގެ މަސައްކަތް ކުރުމަށް މާހިރާ ހަރަކާތްތެރިވާނީ ދުބާއީގައި އެކަނިކަމަށް އޭނާ ވަނީ ހާމަކޮށްފައި -- ފޮޓޯ: ޔޫޓިއުބް/ޒީމިއުޒިކް

އަންނަ ބުދަ ދުވަހު ރިލީޒް ކުރާ ފިލްމު 'ރައީސް' ޕްރޮމޯޓް ކުރުމަށް، ފިލްމުހެ ބަތަލާ މާހިރާ ޚާން ހަރަކާތްތެރިވާނީ ހަނައެކަނި ދުބާއީ ގައި ކަމަށް، ހަބަރުތައް ބުނެފި އެވެ.

މިދިޔަ އަހަރު ކަޝްމީރުގެ އިންޑިއާ އާ ވީ ފަޅީގައި ދިން ޓެރަރިސްޓު ހަމަލާ އެއްގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން މަރުވި މައްސަލައިގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، އެއާއެކު ބޮލީވުޑުގައި ޕާކިސްތާނު ފަންނާނުން މަސައްކަތް ކުރުން ވަނީ މަނާކޮށްފައެވެ. އަދި އިންޑިއާގައި ތިބި ޕާކިސްތާނު ފަންނާނުން ވަނީ އިންޑިއާ އިން ބޭރުކޮށްފައެވެ.

ދެގައުމުގެ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން މާހިރާއަށް ވަނީ އިންޑިއާގައި ފިލްމު ޕްރޮމޯޓު ކުރުމުގެ ފުރުސަތު ގެއްލިފައެވެ. އަދި އެކަމާ ދެރަވާ ކަމަށް ވެސް މާހިރާ ވަނީ ބުނެފައެވެ.

އިންޑިއާގައި ފިލްމް ޕްރޮމޯޓް ނުކުރެވުނު ނަމަވެސް، ދުބާއީގައި ކުރިއަށްދާ ޕްރޮމޯޝަންތަކުގައި މާހިރާ ބައިވެރިވާނެއެވެ. ދުބާއީގައި ކުރިއަށް ގެންދަން ނިންމާފައިވާ ދެ ދުވަހުގެ ޕްރޮމޯޝަންގައި ޝާހު ވެސް ބައިވެރިވާނެއެވެ.

'ރައީސް' އަކީ މާހިރާގެ ފުރަތަމަ ބޮލީވުޑް ފިލްމަށް ވުމުގެ އިތުރުން، ބޮލީވުޑުގެ ރަސްގެފާނު ޝާހް ރުކް ޚާން އާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނީތީ، އެއީ މާހިރާއަށް ވަރަށް ހާއްސަ ފިލްމެކެވެ.

ރައީސްގައި ޝާހު އަދި މާހިރާގެ އިތުރުން ކުޅަދާނަ އެކްޓަރު ނަވާޒުއްދީން ސިއްދީގީގެ މުހިންމު ރޯލެއް ވެސް ފެނިގެން ދާނެ އެވެ.

ރާހުލް ޑޯލަކިއާ ޑައިރެކްޓު ކޮށްފައިވާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު އެވެ.

comment ކޮމެންޓް