މުއައްސަސާތަކުން ނުކުމެ 2500 ކޮތަޅުގެ ކުނި އެއްކޮށްފި

21؛ ޖެނުއަރީ 2017: "ހޭވައްލާ" ސާފު ކުރުމުގެ ޕޮރޮގުރާމްގެ ތެރެއިން: މާލެ ތެރެ ސާފުކުރުމައް ކުރިޔައް ގެނދިޔަ ޕޮރޮގުރާމް ގައި ވިލާ ހައިއިންޓަނޭޝަނަލް ގެ ދަރިވަރުންތަކެއް ހަރަކާތް ތެރިވަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން މާލެ ސާފު ކުރުމަށް ބޭއްވި"ހޭވައްލާ" ހަރަކާތުގައި ސަރުކާރުގެ މުއައްސަސާތަކުގެ މުއައްޒަފުންނާއެކު ހާހެއްގާ މީހުން ބައިވެރިވެ 2500 ކޮތަޅުގެ ކުނި ނަގައިފިއެވެ.

މީރާގެ ސްޕޯކްސްޕާސަސް، މުހައްމަދު ޝާހިދު ވިދާޅުވީ، މިއަދު ހިންގި އެ ހަރަކާތުގައި ސާފުކޮށްފައި ވަނީ މާލޭގެ ހުރިހާ މަގުތަކާއި އާންމު ތަންތަންކަމަށެވެ. އަދި އެ ހަރަކާތުގައި މީރާގެ ހުރިހާ މުވައްޒަފުންނާއި ސަރުކާރު މުއައްސަސާތަކާއި އިދާރާތަކުގެ އިތުރުން ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވި ކަމަށެވެ.

"އެންމެ ގިނައިން ހުރީ ސުޕާރި ހުސްކުރި ޕެކެޓާއި ދަޅާއި ފުޅި ފަދަ ތަކެތި. މިހުރިހާ ކުންޏެއް ވާނީ މާލޭ އިންޑަސްޓްރިއަލް ޒޯނަށް އެއްކޮށްފައި. އެންމެ ބޮޑު ބާޒާރު ކޮތަޅުގެ 2500 އަށް ވުރެ ގިނަ ކޮތަޅުގެ ކުނި ހޯދިފައިވޭ،" ޝާހިދު ވިދާޅުވިއެވެ.

މީރާއަކީ މިނިވަން މުއައްސަސާތައް ހިމެނޭ ޖަމިއްޔާގެ މިއަހަރުގެ ޗެއާ އެވެ. މިއީ އެ ޖަމިއްޔާއިން މިއަހަރު ހިންގި ފުރަތަމަ ހަރަކާތެވެ. ޝާހިދު ވިދާޅުވީ އެ ހަރަކާތުގައި، އެޖަމިއްޔާގެ މެމްބަރުން ނޫން ފަރާތްތަކުން ވެސް ބައިވެރިވި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ހަރަކާތްތައް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް