'ޑޮން 3' އަށް އަދި ވާހަކަ އެއް ނެތް: ޝާހު

'ޑޮން' ސިލްސިލާގެ ކާމިޔާބު ދެ ފިލްމަށް ފަހު، ފިލްމުގެ ތިން ވަނަ ބައެއް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމުގެ ޔަގީންކަން އޮތް ނަމަވެސް، ފިލްމުގެ ތިން ވަނަ ބަޔަކަށް ރަނގަޅު ވާހަކަ އެއް އަދި ނެތް ކަމަށް، 'ޑޮން' ސިލްސިލާގެ ލީޑު އެކްޓަރު ޝާހް ރުކް ޚާން ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހު މީޑިއާ އަށް ދިން އިންޓަވިއު އެއްގައި ޝާހު ބުނެފައި ވަނީ 'ޑޮން' އަކީ ސިލްސިލާ އެއްގެ ގޮތަށް ކުރިއަށް ގެންދެވޭނެ ފިލްމެއް ކަމަށާއި، ނަމަވެސް އަދި ފިލްމުގެ ޑައިރެކްޓަރު ފަރްޚާން އަޚްތަރަށް އަދި ރަނގަޅު ވާހަކަ އެއް ނުލިބޭ ކަމަށެވެ.

'ޑޮން' ގެ ފުރަތަމަ ފިލްމު ނުކުތީ 1978 ވަނަ އަހަރު އެވެ. އެ ފިލްމުގައި ފެނިގެން ދިޔައީ އަމީތާބު ބައްޗަން އެވެ. އެއަށް ފަހު 2006 ވަނަ އަހަރު 'ޑޮން: ދަ ޗޭސް ބިގިންސް' ރިލީޒް ކުރި އެވެ. 'ޑޮން 2' ރިލީޒް ކުރީ 2011 ވަނަ އަހަރު އެވެ.

'ޑޮން؛ ގެ އިތުރުން ޝާހުގެ 'ރާ.ވަން' ގެ ދެވަނަ ބައެއް ހެދުމުގެ ވިސްނުން ހުރި ކަމަށް ވެސް ޝާހު ވަނީ ބުނެފަ އެވެ. ޝާހު ބުނީ އެ ފިލްމަށް ވާހަކަ އެއް ވިސްނުން ނަމަވެސް، އެ ވާހަކަ އެހާ ރަނގަޅު ނޫން ކަމަށެވެ. އެހެންކަމުން މިހާރު އެ ފިލްމަށް ވެސް ވާހަކަ އެއް ނެތް ކަމަށް ޝާހު ވަނީ ބުނެފަ އެވެ.

comment ކޮމެންޓް