ހެލެނގެލީގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ

ހެލެނގެލި އައިލެންޑް ރިސޯޓުގައި ދިވެއްސަކު މަރުވެފައިއޮއްވައި ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވ ރިސޯޓެއްގައި 33 އަހަރުގެ ފިރިހެނެއް މަރުވެފައިއޮތުމުން އެކަން ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.

ސަން އަށް އެނގިފައިވާގޮތުގައި މަރުވެފައިވަނީ ހެލެނގެލި ރިސޯޓުގެ ދިވެހި މުވައްޒަފެކެވެ. އޭނާ މަރުވިކަން އެނގުނީ ނިދާ ނުހޭލައިގެން ބެލިއިރުއެވެ. ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް ޒަހަމެއް ފެންނާކަށް ނެތެވެ.

އިތުރު މައުލޫމާތު ހޯދުމަށް އެރިސޯޓަށް ގުޅުމުންވެސް އިތުރު މައުލޫމާތު މިހާތަނަށް ވަނީި ލިބޭގޮތްނުވެފައެވެ.

comment ކޮމެންޓް