ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރައްވައިފި

ޓްރަމްޕް އަދި އަނބިކަނބަލުން މެލެނިއާ ޓަރަމްޕާ އެކު ނައިބު ރައީސް މައިކް ޕެންސް --- ފޮޓޯ// އޭޕީ

ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު ނުވަތަ ސުޕަރ ޕަވަރުގެ ގޮތުގައި މަޝްހޫރުވެފައިވާ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫއެސްއޭ)ގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްޕް އެގައުމުގެ 45 ވަނަ ރައީސްކަމުގެ ހުވާ ދާދި ދެންމެ ކުރައްވައިފި އެވެ.

ކެޕިޓޯލް ބިލްޑިގްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ޓްރަމްޕް އަދި ނައިބު ރައީސް މައިކް ޕޭންސް އަށް ހުވާލައިދެއްވީ އެމެރިކާގެ ޗީފް އޮފް ޖަސްޓިސް ޖޯން ރޮބާޓް އެވެ.

އެރަސްމިއްޔާތުގައި ކުރީގެ ރައީސް ބަރަކް އޮބާމާ އަދި ފަސްޓް ލޭޑީ މިޝޭލް އޮބާމާވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭގެ އިތުރުން އެިންތިހާބުގައި ވާދަކުރައްވައި ބަލިވެ ވަޑައިގެން ހިލަރީ ކްލިންޓަނާއި އެކަމަނާގެ ފިރިކަލުން އަދި ކުރީގެ ރައީސް ބިލް ކްލިންޓަން ވެސް ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

ޓްރަމްގެ އިތުރުން ނައިބު ރައީސް މައިކް ޕޭންސްވެސް ވަނީ މަގާމުގެ ހުވާ ކުރައްވާފަ އެވެ.

ނިމިދިޔަ 2016 ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި، ހިލަރީ ކްލިންޓަނާ ވާދަކުރައްވައި، ކުރީން ގިނަބަޔަކު ހީކުރި ގޮތާ ޚިލާފަށް ބޮޑު ތަފާތަކުން އެމެރިކާގެ 45 ވަނަ ރައީސްގެ މަގާމު ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރެއްވީ 289 އިލެކްޓޮރަލް ވޯޓް ހޯއްދަވައިގެންނެވެ.

comment ކޮމެންޓް