ލިވާމޯ ވެސްޓް ބްރޮމްއަށް

ވެސްޓް ބްރޮމްއަށް ސޮއިކުރި އިނގިރޭސި މިޑްފީލްޑަރު ޖޭކް ލިވާމޯ ---

ހަލް ސިޓީގެ އިނގިރޭސި މިޑްފީލްޑަރު ޖޭކް ލިވާމޯ ވެސްޓް ބްރޮމްއަށް ސޮއިކޮށްފިއެވެ.

އުމުރުން 27 އަހަރުގެ ލިވާމޯ، ވެސްޓް ބްރޮމްއަށް ސޮއިކޮށްފައިވަނީ ހަތަރު އަހަރާއި ބައިގެ އެއްބަސްވުމެއްގައެވެ. އޭނާ އެ ކްލަބާ ގުޅުނީ ދިހަ މިލިއަން ޕައުންޑްގެ އަގަކަށް ކަމަށް ހަބަރުތައް ބުނެއެވެ.

"އަހަރެމެން މިގެނައީ ވަރަށް ވަރަށް ރަނގަޅު ކުޅުންތެރިއެއް. ޓޮޓެންހަމްއަށް ލިވާމޯ ކުޅުނުއިރުވެސް އަހަރެން އޭނާގެ ކުޅުން ބެލިން. އޭނާއަކީ ހުނަރުވެރި އަދި ހިތްވަރުކުރާ ކުޅުންތެރިއެއް،" ވެސްޓް ބްރޮމްގެ ރަސްމީ ވެބްސައިޓަށް އެކްލަބުގެ ކޯޗު ޓޯނީ ޕުލިސް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ހަލް ސިޓީއާ ގުޅުމުގެ ކުރިން ލިވާމޯ ވަނީ ޓޮޓެންހަމްއަށް ކުޅެފައެވެ. ޓޮޓެންހަމްއިން 2014 ވަނަ އަހަރު ހަލްއާ ގުޅުމުގެ ކުރިން އޭނާ ވަނީ ލޯނުގެ ދަށުން ވެސް ހަލްއަށް ކުޅެފައެވެ.

މަސްތުވާތަކެއްޗަށް ޕޮޒިޓިވްވުމާ ގުޅިގެން 2015 ވަނަ އަހަރުގެ ތެރޭގައި އޭނާއަށް ސަސްޕެންޝަކާ ކުރިމަތިލާން ޖެހުނެވެ. ސަބަބެއް ކަމުގައި ލިވާމޯ އޭރު ބުނީ، މަސްތުވާތަކެތި ބޭނުންކުރަން ފެށީ އޭނާގެ ދަރި މަރުވި ހާދިސާއަށްފަހު ކަމަށެވެ.

comment ކޮމެންޓް