އިނިއެސްޓާއަށް އަނިޔާވެ، އަނެއްކާވެސް ކުޅުމާ ދުރަށް ދާން ޖެހިއްޖެ

ބާސާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ: ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ފަޔަށް ވަނީ އަނިޔާވެފައި ---

ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާއަށް އަނިޔާވެ، އަނެއްކާވެސް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އިއްޔެ ރެއާލް ސޮސޮއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗުގައި އިނިއެސްޓާގެ ފަޔަށް އަނިޔާވެފައިވާކަން ބާސާއިން ކަށަވަރުކޮށްދީފައިވާއިރު، މިއަދުގެ ވަގުތެއްގައި މެޑިކަލް ޓެސްޓްތައް ހަދާނެކަމަށް އެކްލަބުން ބުނެއެވެ.

ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅެ، 1-0 ލަނޑުން ބާސާ މޮޅުވި މެޗުގެ ފުރަތަމަ ހާފުގައި އުމުރުން 32 އަހަރުގެ އިނިއެސްޓާއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ. މީގެ ކުރިން މިސީޒަނުގައި އޭނާއަށް ވަނީ ދެ ފަހަރަކު ކަކުލުގެ އަނިޔާއަކާ ކުރިމަތިލާން ޖެހިފައެވެ.

ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު ކުއާޓާގެ ފުރަތަމަ ލެގު މެޗުގައި ބާސާގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައެވެ. މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބާސާގެ ބްރެޒިލް ތަރި ނޭމާއެވެ. އެ މޮޅަކީ 2007 ވަނަ އަހަރަށްފަހު ސޮސިއެޑާޑްގެ ދަނޑުގައި ބާސާއަށް ހޯދުނު ފުރަތަމަ މޮޅެވެ.

comment ކޮމެންޓް