މޫދަށް އެރިއުޅުނު ދެ ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

މީރު އައިލެންޑް ރިސޯޓް: އެރިސޯޓުން މޫދަށް އެރިއުޅުނު ދެ ފަތުރުވެރިން ވަނީ ގެއްލިފަ--

ކ. މީރު ފެންފުށި ކައިރިއަށް މޫދަށް އެރުނު ދެ ފަތުރުވެރިއެއްގެ ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފިއެވެ.

މީރު ފެންފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ގޮސް އުޅުމުގެ ތެރޭގައި މޫދަށް އެރުނުފަހުން ހަބަރެއް ނުވެގެން ހޯދަމުން ދަނީ އުމުރުން 30 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ.

އެމްއެންޑީއެފްއިން ބުނީ އެހާދިސާގެ މައުލޫމާތު ރޭ 22:36 ހާއިރު އެމްއެންޑިއެފް ކޯސްޓްގާޑަށް ލިބުމާއެކު ޑައިވަރުންނާއެކު ހާބާ ކްރާފްޓް ލޯންޗް، ފަތުރުވެރިން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ރިސޯޓް ކައިރި އޮންނަ ކ.ދިއްފުއްޓާއި ރިސޯޓް ގުޅިގެން އެފަތުރުވެރިން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެފަތުރުވެރިންގެ މައުލޫމާތެއް ލިބިއްޖެ ނަމަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި މައުލޫމާތު ދެއްވުމަށް އެމްއެންޑީއެފްއިން އެދެއެވެ.

comment ކޮމެންޓް