މިފަހަރުގެ ޕީޕަލްސް ޗޮއިސް އެވޯޑް ވެސް ޕްރިޔަންކާއަށް!

ހޮލީވުޑް ސީރީޒް 'ކުއަންޓިކޯ' ގައި ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދާކުރާ ރޯލަށް ލިބެމުން އަންނަ މަގުބޫލު ކަމާއެކު 43 ވަނަ ޕީޕަލްސް ޗޮއިސް އެވޯޑު އޭނާ ހޯދައިފި އެވެ.

އެމެރިކާގެ ލޮސް އެންޖެލެސްގެ މައިކްރޯސޮފްޓް ތިއޭޓަރުގައި މި މަހުގެ 18 ވަނަ ދުވަހު ކުރިއަށް ދިޔަ އެވޯޑު ހަފްލާގައި ޕްރިޔަންކާ އަށް އެވޯޑު ލިބިފައި ވަނީ ތަރާޖީ ޕީ ހެންސަން، ވަޔޯލާ ޑޭވިސް، ކެރީ ވޮޝިންގޓަން އަދި އެލެން ޕޮމްޕިއޯ އާ ވާދަކޮށްގެންނެވެ.

އެވޯޑު ލިބުމުން ޕްރިޔަންކާ ވަނީ ވަރަށް ބޮޑަށް އުފާ ފާޅުކޮށްފަ އެވެ. އަދި އެވޯޑު ލިބުނު ކަމަށްޓަކައި އޭނާގެ ސަޕޯޓަރުންނަށާއި، އެވޯޑަށް ނޮމިނޭޓުވި ހުރިހާ ފަރާތްތަކަށް ވެސް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މިއީ ޕްރިޔަންކާ މި އެވޯޑު ހޯދި ދެވަނަ ފަހަރެވެ. ކުއަންޓިކޯގައި އޭނާ އަދާކުރާ ރޯލަށް މިދިޔަ އަހަރު ވެސް ވަނީ ޕީޕަލްސް ޗޮއިސް އެވޯޑު ލިބިފަ އެވެ.

comment ކޮމެންޓް