ރިސޯޓަކުން ކުނި ހިފައިގެން ތިލަފުއްޓަށް ދިޔަ ދޯންޏެއްގައި ރޯވެއްޖެ

ރޭވަ ދޯނީ --- ފޮޓޯ/ އެމްއެންޑީއެފް

ހަލަވެލި ރިސޯޓުން ކުނި ހިފައިގެން ކ. ތިލަފުއްްޓަށް ދަތުރު ކުރި ދޯންޏެއްގައި ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގައިގެން ރިޕޯޓުކޮށްފައި ވަނީ، ހެނދުނު 9:00 ގައި ކަމަށާއި، ރޯވެފައިވަނީ "ރޭވަ" ނަމަކަށް ކިޔާ ދޯންޏެއްގެ އިންޖީނު ރޫމުގައި ކަމަށެވެ. އިންޖީނު ރޫމުގައި ރޯވުމުގެ ސަބަބުން އެ ދޯނީގެ އިންޖީނު ރޫމާ ދިމާލުން އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ރޭވަ ދޯނީގެ އިންޖީނު ރޫމުގައި ރޯވުމުގެ ސަބަބުން ގެއްލުން ވެފައި --- ފޮޓޯ/ އެމްއެންޑީއެފް

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު، އެ ދޯނީގައި ރޯވި އަލިފާން ނިއްވާލާފައި ވަނީ، އެ ދޯނީގައި ހުރި އަލިފާން ނިއްވާފުޅި ބޭނުން ކޮށްގެން އެ ދޯނީގެ ފަޅުވެރިންނެވެ.

އެމްއެންޑީއެފުން ވަނީ އެ ދޯނީގައި ރޯވުމުގެ ސަބަބުން އެ ދޯނީގެ އިންޖީނު ރޫމުގައި ހެދިފައިވާ ދިޔަގަނޑު ހިއްކުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

comment ކޮމެންޓް