އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތިން ތަފާތު ބޭނުންތަކެއް!

އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެއްޗަކީ އެ ޚާއްސަކުރެވިފައިވާ ބޭނުމަށް ވުރެ އިތުރު ބޭނުންތައް ވެސް ކުރެވިދާނެ ތަކެއްޗެވެ. އެގޮތުން މޭކަޕްކުރުމަށާއި އެނޫން ވެސް އާންމުކޮށް ބޭނުންކުރާ ތަކެތިން ކުރެވިދާނެ ގިނަ ބޭނުންތަކެއް ހުރެ އެވެ. އެގޮތުން މި ލިޔުމުގައި ބަލައިލާނީ މިފަދަ ތަކެތިން ކުރެވިދާނެ ތަފާތު ބޭނުންތަކަކަށެވެ.

އައިބްރޯ ބްރަޝް

މިއީ އާންމުކޮށް މޭކަޕް ކުރުމަށް ބޭނުންކުރާ އެއްޗަކަށް ވިޔަސް، އެހެން ގޮތްގޮތުން ވެސް މީގެ ބޭނުންކުރެވިދާނެ އެވެ. އެގޮތުން ހެދުމުގައި ހުންނަ ތަފާތު ކުޑި ފަދަ ތަކެތި ފިލުވަން ބުރުހެއް ނެތް ހާލަތުގައި މީގެ ބޭނުންކުރެވިދާނެ އެވެ. އަދި އެއަށް ފަހުގައި ވެސް ބްރަޝް ސާފުކޮށްލުމަށް ފަހު މޫނު ސާފުކޮށްލުމަށް ވެސް ބޭނުންކުރެވިދާނެ އެވެ.

ދަތްއުގުޅާ ބޭސް

މިއީ މޫނުގައި ހުންނަ ބިއްސަށް ވެސް ވަރަށް ގިނަ މީހުން ބޭނުންކުރަމުން އަންނަ އެއްޗެކެވެ. އެއާ އެކު ރީނދޫވެފައި ހުންނަ ނިޔަފަތިތަކަށް ފަރުވާ ހޯދަން ވެސް މީގެ ބޭނުން ހިފިދާނެ އެވެ. އަދި ހަމައެއާ އެކު ދަތްއުގުޅާ ބޭހުން ކާރުގެ ލައިޓް ފަދަ ތަކެތި ވެސް ވަރަށް ފަސޭހައިން ސާފުކޮށްލެވިދާނެ އެވެ. ލުބޯ ހުތް ކޮޅަކާ އެއްކޮށްލުމަށް ފަހު ބޭނުންކުރުމުން ސާފުކުރުމަށް އިތުރަށް ފަސޭހަވެގެންދާނެ އެވެ.

ޔޯގަޓް

މިއީ ބަދިގެތެރޭ މަސައްކަތުގައި އުޅޭ އިރު ފިހިގެންދާ ކުދި ކުދި ތަންތަނަށް ފަރުވާ ހޯދަން ބަދިގެ ތެރެއިން ލިބިގެންދާނެ އެއްޗެކެވެ. ފިހިނު ތަނެއްގައި ވަގުތުން ހާކާލެވިއްޖެ ނަމަ ވަރަށް އަވަހަށް ފަރުވާ ލިބިގެންދާނެ އެވެ.

ގޮށް

ބާ ގަމީސް އަދި ހެދުންތަކުގައި ހުންނަ ގޮށްތައް އުކާލުމުގެ ބަދަލުގައި ތަފާތު ގޮތަކަށް ބޭނުންކުރެވިދާނެ އެވެ. އެގޮތުން ކަންފަތުގައި ލާ މުދި ފަދަ ތަކެތި އަޅުވާފައި ބެހެއްޓިދާނެ އެވެ. އަދި ދަބަހާއި ހިފާގެންގުޅޭ ތަކެތި ޒީނަންތެރިކުރުމުގެ ގޮތުން ވެސް ބޭނުންކުރެވިދާނެ އެވެ.

މައުލޫމާތު: ވެލްނަސް ބިން

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު