ގައުމީ އަންހެން ވޮލީ ޓީމަށް ޖާޒީ ހަވާލުކޮށްފި

ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިމަހުގެ 27ގައި މާލޭގައި ބާއްވާ ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ޓީމަށް ޖާޒީ ހަވާލުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒު ސެމިނާ ރޫމުގައި މިރޭ ކުރިއަށްދިޔަ ރަސްމިއްޔާތުގައި ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމްއެވެ.

ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިރުތިޝާމްގެ އިތުރުން ކުޅިވަރާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ)އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް އަދި އެ އެސޯސިއޭޝަންގެ އިސްވެރިން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކެޕްޓަނަކަށް އައިޝަތު ޝައްފަ ހަމަޖައްސާފައިވާއިރު، ޓީމުގެ ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ އައިޝަތު މާޖިދާއެވެ. ޓީމުގެ ކޯޗަކީ ރާއްޖޭގެ ކާމިޔާބު ކޯޗު އަހްމަދު އަދީލް (ބޭބެ)އެވެ.

ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގައުމީ އަންހެން ވޮލީ ޓީމު:

ކުޅުންތެރިން- އައިޝަތު ޝައްފަ (ކެޕްޓަން)، އައިޝަތު މާޖިދާ (ވައިސް ކެޕްޓަން)، ފާތިމަތު ޒީނިޔާ މޫސާ، އައިމިނަތު ރިޔާޝާ، އައިމިނަތު އަރީޝާ، ހައްވާ ސަހާ، ފާތިމަތު ޖޫޒާން، ޝައުފާ އާދަމް، ހައްވާ ރާޝިދާ، ޝިލްމާ ޒާހިރު، ފާތިމަތު ނަޒިއްޔާ، ނުހާ ވަހީދު.

އޮފިޝަލުން- އަހްމަދު އަދީލް (ހެޑް ކޯޗު)، މުހައްމަދު ފައިސަލް، އައިމިނަތު ޒީނާ، ޝުއައިބް އަހްމަދު، އަބްދުﷲ ރަޝީދު (މެނޭޖަރު).

ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ނޭޕާލްއާއި އީރާނެވެ. މިމަހުގެ 27 ވަނަ ދުވަހު ރާއްޖެއާއި ނޭޕާލް ބައްދަލުކުރާއިރު، މިމަހުގެ 28 ވަނަ ދުވަހު ބައްދަލުކުރާނީ ނޭޕާލްއާއި އީރާނެވެ. އަދި މިމަހުގެ 29 ވަނަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެއާއި އީރާނެވެ.

comment ކޮމެންޓް