ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަމަލާތަކާ އެކު ވެސް އުރުދުންގެ ފަތުރުވެރިކަން އެއްހަމައެއްގައި!

މިދިޔަ އަހަރު އުރުދުންގައި ހަނގުރާމަވެރިން ދިން ހަމަލާތަކާ އެކު ވެސް އެ ގައުމުގެ ފަތުރުވެރިކަން ހީނަރު ނުވެ އެއް ހަމައެއްގައި ހިފެހެއްޓިފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

މި ހަފްތާގެ ހޯމަ ދުވަހު އެ ގައުމުގެ ފަތުރުވެރިކަމާ ބެހޭ ވުޒާރާ އިން ހާމަ ކުރި ގޮތުގަައި މިދިޔަ އަހަރު އެގައުމަށް 3.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އެއީ 2015 ވަނަ އަހަރާ އަޅާ ބަލާއިރު 2.6 ޕަސެންޓް އިތުރު އަދަދެއް ކަމަށާއި ފަތުރުވެރިކަމުން އެގައުމަށް މިދިޔަ އަހަރު ހަތަރު ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެ އެވެ.

މިދިޔަ ޑިސެމްބަރުގައި އެ ގައުމުގެ ކަރަކްއަށް ހަނގުރާމަވެރި ޖަމާއަތަކުން ދިން ހަމަލާއެއްގައި 12 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު އޭގެ ތެރޭގައި ކެނެޑާގެ ފަތުރުވެރިއަކު ވެސް ހިމެނެ އެވެ. މި ހަމަލާތަކުގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސްއައިއެސް) އިން ވަނީ އުފުލައިފަ އެވެ.

މީގެ އިތުރުން ނޮވެމްބަރު މަހު އެގައުމުގައި ދިން ހަމަލާއެއްގައި އެމެރިކާގެ ފަތުރުވެރިއަކު ވެސް ވަނީ މަރުވެފަ އެވެ. އެ މައްސަލާގައި އެމެރިކާ ސަރުކާރުން ވަނީ އެގައުމަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އެގައުމުގެ ރައްޔިތުންނަށް އަންގައިފަ އެވެ.

އުރުދުންގެ ބޮލަކަށް ޖެހޭ މިންވަރު ނުވަތަ ޖީޑީޕީގެ 10 ޕަސެންޓު ހިއްސާ ކުރަނީ އެ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ.

comment ކޮމެންޓް