ކޮމީޑިއަން ބާރްތީ އެންގޭޖް ކޮށްފި، ކައިވެނި ނޮވެމްބަރުގައި

ބާރްތީ އަދި ހާރްޝް: ދެމީހުން ވަނީ އެންގޭޖު ކޮށްފައި ---

އިންޑިއާގެ އިތުރުން ދިވެހީންގެ މެދުގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ކޮމީޑިއަން އަދި ޓީވީ އެކްޓްރެސް، ބާރްތީ ސިންގް އެންގޭޖް ކޮށްފި އެވެ.

ބާރްތީ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބާރްތީ ވެސް ފެނިގެންދާ އިންޑިއަން ކޮމެޑީ ސީރީސް، "ކޮމެޑީ ނައިޓްސް ބަޗާއޯ" ގެ ލިޔުންތެރިޔާ ހަރްޝް ލިމްބަޗިޔާ އާއެވެ.

ދެ އަހަރު ވަންދެން ގުޅިގެން އުޅުމަށް ފަހު ދެ މީހުން އެންގޭޖް ކޮށްފައި ވަނީ އިންޑިއާގެ އަންދޭރީގައި ކުރިއަށް ދިޔަ ވަރަށް ކުޑަ ހަފްލާ އެއްގައެވެ. ހަފްލާގައި ބައިވެރިވެފައި ވަނީ ދެފަރާތުގެ އާއިލާގެ އިތުރުން ގާތް އެކުވެރިންނެވެ.

ދެމީހުން އެންގޭޖް ކޮށްފައި ވާއިރު، މި އަހަރުގެ ނޮވެމްބަރުގައި ދެމީހުން ކައިވެނި ކުރުމަށް ނިންމާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި ޑާންސް ޝޯވ، 'ނަޗް ބަލިޔޭ' ގައި ވެސް ދެމީހުން ބައިވެރިވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

comment ކޮމެންޓް