އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސްކަމަށް ޝައިޚް ރަޝީދު ހަމަޖައްސައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް،‏ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އައްޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް އައްޔަން ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް،‏ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އައްޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް އައްޔަން ކުރައްވައިފިއެވެ.

މުހައްމަދު ރަޝީދު އިބްރާހީމް، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސްކަމަށް އައްޔަން ކުރެއްވީ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީން ވަނީ ޝައިޚް މުހައްމަދު ރަޝީދު އިބްރާހީމަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވައިފައެވެ.

comment ކޮމެންޓް