ތަރައްގީގެ ފޮނިމީރުކަން ރައްޔިތުންނަށް ދަނީ ލިބެމުން: އާމިރު

މިރޭގެ ޖަލްސާގައި އާމިރު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ އެކިކަންކޮޅުތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެންނެވި ތަރައްގީގެ ފޮނި މީރުކަން ރައްޔިތުންނަށް މިހާރު ލިބެމުންދާ ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.

އާމިރު އެހެން ވިދާޅުވީ ރައީސް ޔާމީންގެ އަނބިކަނބަލުން އިސްނަންގަވައިގެން ކުރިއަ ށްގެންދަވާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ، ގައުމަކަށް ބޭނުންވާނެ އަދި ސިޔާސީ މީހަކަށް ވެސް ބޭނުންވާނެ އެންމެ މުހިންމު އެއް ގުނަވަނަކީ އިހުލާސްތެރި ބައިވެރިއެއް ކަމަށެވެ. އެގޮތުން މެޑަމް ފާތިމަތު އިބްރާހިމަކީ މީހަކަށް ލިބޭނެ އެންމެ އިހުލާސްތެރި އެއް އަނބިކަނބަލުން ކަމަށް އާމިރު ވިދާޅުވި އެވެ.

ހަމަ އެފަދައިން ސިޔާސީ ގޮތުން މީހަކަށް ލިބޭނެ އެންމެ އިހުލާސްތެރި ބައިވެރިއަކީ ދެގޮތެއް ނުވެ އަބަދު އެކުގައި ހުންނަ ފަރާތެއް ކަމަށާއި އެގޮތުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ރައީސް ޔާމީނާ އެކު ސާބިތުކަމާ އެކު ދެމިހުންނެވިކަން އާމިރު ފާހަގަކުރެއްވި އެވެ.

އާމިރު ވިދާޅުވީ އެކި ކަންކޮޅުތަކުން ރައީސް ޔާމީންގެ ތަރައްގީގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން އެކަން ފާހަގަކުރައްވައި އާމިރު ރައީސް ޔާމީނަށް ޝުކުރު އަދާކުރެއްވި އެވެ.

އެގޮތުން އާމިރު ވިދާޅުވީ މިއަދާ ހަމައަށް އައިއިރު ރައީސް ޔާމީންގެ ސަރުކާރު ޕްރޮމޯޓް ކުރުމަށްޓަކައި އަދި ސަރުކާރު ދެމެހެއްޓުމަށްޓަކައި އެމްޑީއޭއިން ކުރައްވަމުން އައި މަސައްކަތްތަކަކީ އެހެނިހެން ސިޔާސީ ޕާޓީތަކަށް ނަމޫނާއެއް ކަމަށެވެ.

comment ކޮމެންޓް