މާލެގައި ދިރިއުޅޭ 8 އަތޮޅެއްގެ ރައްޔިތުންނާ ރައީސްގެ އަނބިކަނބަލުން ބައްދަލު ކުރައްވައިފި

މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ އަށް އަތޮޅެއްގެ ރައްޔިތުންނާ، ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިރޭ ބައްދަލު ކުރައްވައިފި އެވެ.

އެ ރައްޔިތުންނާ ފާތުން ބައްދަލުކުރެއްވީ މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ރައީސް ޔާމީންގެ ކެމްޕެއިން ބައްދަލުވުމުގަ އެވެ. އެ ޖަލްސާގައި ކ. ރ. ތ. މ. ޏ. ވ. ދ. އަފި ފ. އަތޮޅަށް ނިސްބަތްވާ ރައްޔިތުން ބައިވެރިވި އެވެ.

މިރޭގެ ޖަލްސާގައި ވަނީ އެ އަތޮޅުތަކުގެ ރަށްރަށުން ޕީޕީއެމާ ގުޅުނު މީހުންގެ ފޯމުތައް ރައީސް ޔާމީންގެ އަނބިކަނބަލުންނާ ހަވާލުކޮށްފަ އެވެ.

ހުޅުމާލެއިން 100 ފޯމާއި އައްޑޫ ސިޓީ މަރަދޫ އިން 100 ފޯމާއި އއ. އުކުޅަހުން 50 ފޯމާއި ރ. ދުވާފަރުން 250 ފޯމު އެ ހަފްލާގައި ފާތުންއާ ހަވާލު ކުރި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންތަކެއް ބައިވެރިވެވަޑައިގެންނެވި އެވެ. އެގޮތުން ވަޒީރުންނާއި ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން މިރޭގެ ޖަލްސާގައި ބައިވެރިވެ ވާހަކަފުޅު ދެއްކެވި އެވެ. ހުރިހާ މެންބަރުން ވެސް ވަނީ ރައީސް ޔާމީނަށް ތައުރީފުކޮށް ވާހަކަ ދައްކަވާފަ އެވެ.

މިރޭ ކުރިއަށްގެންދިޔަ ޖަލްސާއަކީ އަންނަ އަހަރު ރައީސް ޔާމީން އިތުރު ދައުރަކަށް ހޮވުމަށް އެމަނިކުފާނުގެ އަނބިކަނބަލުން އިސްނަންގަވައިގެން ކުރިއަށްގެންދަވާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ބައެކެވެ.

މިރޭ ބޭއްވި ޖަލްސާގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

comment ކޮމެންޓް