"ގެސްޓްހައުސެސް މޯލްޑިވްސް" އާއި "ޑައިވް އެމްވީ" މެގަޒިން ނެރެފި

އަލަށް ތައާރަފްކުރި ގެސްޓްހައުސެސް މޯލްޑިވްސް މެގަޒިނާއި ޑައިވް އެމްވީ މެގަޒިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ލޯކަލް ޓޫރިޒަމް އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މޯލްޑިވްސް ގެޓްއަވޭސްގެ ފަރާތުން "ގެސްޓްހައުސެސް މޯލްޑިވްސް" މެގަޒިނާއި "ޑައިވް އެމްވީ" މެގަޒިން މިއަދު އިފްތިތާހުކޮށްފި އެވެ.

ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކުގެ މައުލޫމާތު ހިމަނައިގެން ޑިޒައިންކޮށްފައިވާ މެގަޒިނާއި ޑައިވިނަށް ރާއްޖޭގައި މަޝްހޫރު ޕޮއިންޓްތައް އަދި ޑައިވިން ހިދުމަތް ދޭ ފަރާތްތަކުގެ މައުލޫމާތު ހިމަނައިގެން ޑިޒައިންކޮށްފައިވާ ދެ މެގަޒިން އިފްތިތާހުކުރީ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ހަވީރު ބޭއްވި ހަފްލާއެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ގެޓްއަވޭސްގެ ސީއޯއޯ ޑރ. ހުސެން ސަނީ ވިދާޅުވީ، މިއަދު އިފްތިތާހުކުރީ ގެސްޓް ހައުސެސް މޯލްޑިވްސްގެ ތިންވަނަ އެޑިޝަން ކަމަށާއި އިންޓަނޭޝަނަލް މާކެޓަށް ޓާގެޓުކޮށް ޑައިވް މެގަޒިނެއް ނެރުނު މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ރާއްޖޭގައި ގާތްގަނޑަކަށް 600 އާއި ގާތްކުރާ އަދަދަކަށް ގެސްޓްހައުސް އޮޕަރޭޓް ކުރަމުން އަންނަ ކަމަށެވެ. އަދި މޯލްޑިވްސް ގެޓްއަވޭސް އިން ގެސްޓްހައުސް މެގަޒިންގެ މަސައްކަތް ފެށީ 2014 ވަނަ އަހަރުގައި ކަމަށާއި އޭރު ރާއްޖޭގައި އޮޕަރޭޓް ކުރަމުން އައީ މަދު ގެސްޓްހައުސްތަކެއް ކަން ޒަނީ ފާހަގަކުރެއްވި އެވެ.

މިފަހަރު ލޯންޗްކުރި ގެސްޓްހައުސް މެގަޒިންގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޓްކުރާ ގާތްގަނޑަކަށް 100 ގެސްޓްހައުސްގެ މައުލޫމާތު ހިމަނާފަ އެވެ.

ސަނީ ވިދާޅުވީ އެ މެގަޒިންތައް އިންޓަނޭޝަނަލް މާކެޓްތަކަށް ބަހާނެ ކަމަށެވެ.

comment ކޮމެންޓް