ޝިއާރުގެ މަރުގެ މައްސަލައިގެ ޝަރީއަތްް ސިއްރުކޮށްފި

އައްޑޫ ސިޓީގެ ހިތަދޫގައި ހިންގި ގުރޫޕް މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލަދީ މަރާލި ސ. ހިތަދޫ، އަތީނާ، ހުސައިން ޝިއާރު ---

އައްޑޫ ސިޓީގެ ހިތަދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލަދީ ސ. ހިތަދޫ، އަތީނާ، ހުސައިން ޝިއާރު މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްސަލަ ސިއްރު ކޮށްފި އެވެ.

އެ މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންނަކީ ސ. ހިތަދޫ ހަނދުވަރު އިސްމާއީލް ރަޝީދާއި އެ ރަށު ޗާންދުމާގޭ އަލީ ސަމްޢާނާއި ސ. މަރަދޫ އޮނުފީނިގޭ މުހައްމަދު ނިފާޒުގެ އިތުރުން ހަމަ އެ ރަށު ގަނދަކޯޅިގޭ މުހައްމަދު އަޒާނު އަލީގެ މައްޗަށެވެ.

އެމައްސަލަ ސިއްރުކުރި ސަބަބެއް ނޭނގެއެވެ. މަރުގެ ގިނަ މައްސަލަތައް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރުންކަން ފާހަގަކޮށްލެވެ އެވެ.

ދައުލަތުން އެ ތިން މީހުންގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ 2015 ޖޫން މަހުގެ 15 ވަނަ ދުވަހުގެ ރޭ 9:00 އާއި 9:15 އާ ދެމެދުގެ ވަގުތެއްގައި ދެ ކަތިވަޅި ހިފައިގެން އެމީހުން އުޅެފައިވާ ކަމަށެވެ. އޭގެ ފަހުން ކަޅުކުލައިގެ މާސްކުތަކެއް އަޅައިގެން އެރޭ 10:00އާ 10:30އާ ދެމެދުގެ ވަގުތެއްގައި އެމީހުން ތޫނު އެއްޗަކުން ޝިއާރަށް ހަމަލާދީފައިވާ ކަމަށްވެސް ދައުލަތުން ވަނީ ބުނެފައެވެ.

އެމައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެދުވަހު ދައުވާ އިއްވުމުން އެންމެންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

ޝިއާރު މަރުވެފައި ވަނީ 2015 ޖޫން މަހުގެ 15 ވަނަ ދުވަހުގެ ރޭ 10:00 އެހާކަންހާއިރު ތޫނުއެއްޗަކުން ދިން ހަމަލާގައި ލިބުނު ޒަޚަމްތަކަށް ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

comment ކޮމެންޓް