ޑައިވިންއަށް ދިޔަ ފަތުރުވެރިއަކު މަރުވެއްޖެ

ފަތުރުވެރިއެއް މޫދަށް އެރަނީ-- މިއަދުވެސް ވަނީ ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި ފަތުރުވެރިއަކު މަރުވެފައި-- ސަން ފައިލް ފޮޓޯ

އއ. ރަސްދޫ ކައިރިއަށް ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މިއަދު ހަވީރު ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވެފައިވަނީ ކެނަޑާއަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާ އަކީ ސަފާރީއެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިއަދު 4:30 ކަންހާއިރު ކަމަށާއި އެ ފަތުރުވެރިޔާ ރަސްދޫ ހޯސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.

އޭނާގެ މަރުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ގިނަ އަދަދެއްގެ ފަތުރުވެރިންނަށް ރާއްޖެ އައިސް މޫދަށް އެރި އުޅުމުގެ ތެރެއިން ދޭތެރެދޭތެރެއިން އެފަދަ ހިތާމަވެރި ހާދިސާތައް އަންނަނީ ހިނގަމުންނެވެ.

comment ކޮމެންޓް