އެސްޓީއޯއިން ރާއްޖެއަށް ފިލިޕްސް ބްރޭންޑުގެ ބޮކި ތައާރަފުކޮށްފި

ފޮޓޯ/ އެސްޓީއޯ

ފިލިޕްސް ބްރޭންޑުގެ ލައިޓްސްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަށް އެސްޓީއޯ ހަމަޖައްސައި، ރާއްޖެއަށް ފިލިޕްސް ލައިޓްސް ތައާރަފުކޮށްފި އެވެ.

އެސްޓީއޯއިން މައުލޫމާތު ދޭ ގޮތުގައި، އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުން ގޭތެރެއަށް ބޭނުންވާ އެލްއީޑީ އަދި ސީއެފްއެލް ފިލިޕްސް ލައިޓު މިހާރު ލިބެން ހުންނާނެއެވެ.

އަދި ކުރިޔަށް އޮތް ތިން މަސް ދުވަހުގެ ތެޜޭގައި ފިލިޕްސްގެ އިންޑަސްޓްރިއަލް، އޮފީސް، ޑެކަރޭޓިވް އަދި އައުޓްޑޯ ލައިޓްސް އެސްޓީއޯ ހޯމް އިމްޕްރޫމްނެްޓުން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ، ފިލިޕްސް ބްރޭންޑުގެ އެލްއީޑީ ލައިޓަށް ބައިނަލްއަގުވާމީ، ދެ އަހަރުގެ ވޮރެންޓީ ލިބޭނެ ކަމަށެވެ. އަދި ފިލިޕްސް ލައިޓުގެ ސަބަބުން، ކަސްޓަމަރުންނަށް ދިމާވާ އަލީގެ މައްސަލަތައް ހައްލުވާނެ ކަމަށް ވެސް އެސްޓީއޯޢިން ބުނެއެވެ.

ދުނިޔޭގެ ބޮޑެތި ސްޓޭޑިއަމްތަކުގެ ގާތްގަނޑަކަށް 90 ޕަސަންޓުގައި ބޭނުންކުރަނީ ފިލިޕްސް ލައިޓެވެ.

comment ކޮމެންޓް