ރީދޫ ހުން ފެތުރެމުންދާތީ، ދަތުރުކުރާ އިރު ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

ރާއްޖޭން ބޭރުގެ ގައުމެއްގައި ދިވެހިންތަކެއް ---

މި ދުވަސްވަރު ބްރެޒިލްގެ ބައެއް ސަރަހައްދުތަކުގައި ހަލުވިކަމާ އެކު "ޔެލޯ ފީވާ" ނުވަތަ ރީނދޫ ހުން ބަލި ފެތުރެމުންދާތީވެ، އެ ބަލި އުޅޭ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކުރާ ގޮތުގައި، ދުނިޔޭގެ 42 ގައުމެއްގައި ޔެލޯ ފީވާ ޖެހުމުގެ ފުރުސަތު އެބަ އޮތެވެ. އެބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑު ގައުމުތައް ހިމެނެނީ އެފްރިކާ އަދި ދެކުނު އެމެރިކާ ބައްރުގައި ހިމެނޭ ގައުމުތައް ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ޔެލޯ ފީވާ އުޅޭ ގައުމުތަކުގެ ލިސްޓުގައި ހިމަނާފައިވާ ގައުމަކަށް ދަތުރުކުރާ ނަމަ ދަތުރުކުރުމުގެ 10 ދުވަސް ކުރިން ވެކްސިން ޖެހުމާއި ކޮންމެހެން ދަތުރު ކުރަން ޖެހިގެން ނޫނީ ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.

އަދި އެއިން ގައުމަކަށް ދަތުރުކުރުމަށް ފަހު އެނބުރި ގައުމަށް އަންނަތާ ހަ ދުވަހުގެ ތެރޭގައި:

  • ގަދައަށް ހުން އައުން
  • ލޮލުގެ ހުދުކަޅިއާއި ގައިގެ ހަންގަނޑު ރީނދޫވުން
  • ގައިގައި ރިއްސުން
  • ކާހިތް ނުވުން
  • ބޯއެނބުރުމާއި ހޮޑުލެވުން
  • ބޮލުގައި ރިއްސުން

ފަދަ ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ އަވަހަށް މަދިރި ހެފުމުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ސިއްހީ ފަރުވާ ހޯދުމުގައި އެފަދަ ގައުމަކަށް ދަތުރުކުރިކަމުގެ މައުލޫމާތު އެޗްޕީއޭއާ ހިއްސާކުރުމަށް އަންގާފައިވެ އެވެ.

އެޗްޕީއޭ އިން ބުނީ ޔެލޯ ފީވާ ބަލި އުޅޭ ގައުމުތަކުގެ ލިސްޓް އިންޓަނޭޝަނަލް ބޯޑަރު ހެލްތުގެ ނަންބަރު 7954333 ފޯނަށް ނުވަތަ ޑަބްލިއުއެޗްއޯގެ ވެބްސައިޓް އިން ލިބޭނެ ކަމަށެވެ.

މަދިރީގެ ސަބަބުން ޖެހޭ ރީނދޫ ހުމަކީ ރީނދޫ ހުން ޖައްސާ ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ހަށިގަނޑުގެ ބައިތަކުން ލޭފޭއްދުން ކުރިމަތިކުރުވާ ބަލިތަކުގެ ތެރޭގައި ރީނދޫ ހުން ހިމެނެ އެވެ.

comment ކޮމެންޓް