ގާންދީގެ ފޮޓޯ ޖެހި ފައިވާނެއްވެސް އެމެޒޯނުން ނަގައިފި

މަހާތުމާ ގާންދީ --

އިންޑިއާގެ މިނިވަންކަމަށް ދަތުރުކުރުމުގެ ހަރަކާތުގައި އިސްކޮށް އުޅުއްވި މަހާތުމާ ގާންދީގެ ފޮޓޯ ޖެހި ފައިވާނެއް، އޮންލައިން ޝޮޕިންގް ޕްލެޓްފޯމް އެމެޒޯންގައި ހުރުމުން، އެކަމާ އިންޑިއާއިން ނުރުހުން ފާޅުކުރުމާ އެކު އެތަކެތި އެމެޒޯންގެ ބާޒާރުން ނަގައިފިއެވެ.

ގާންދީގެ ފޮޓޯ ޖެހި ފައިވާނެއްގެ މައްސަލަ ފެންމަތިވި އިރު، މިދިޔަ ހަފްތާގެ ތެރޭގައި، އިންޑިއާގެ ދިދަ ޖެހި ފައިފުއްސެއް އެމެޒޯން ކެނެޑާގައި ވިއްކަން ހުރި މައްސަލައެއް ވެސް ދިމާވިއެވެ.

އެ މައްސަލަ އިންޑިއާގެ ސަރުކާރާ ހަމައަށް ދިއުމާ އެކު، އިންޑިއާގެ ފޮރިން މިނިސްޓަރ ސުޝްމާ ސުވަރާޖް ވިދާޅުވީ، ބާޒާރުން އެ ފައިފުހި ނުނަގައިފިނަމަ، އިންޑިއާގައި ތިބި އެމެޒޯންގެ އޮފިޝަލުންގެ ވިސާ ކެންސަލް ކުރައްވާނެ ކަމާއި، އެމެޒޯންގެ އިތުރު ބަޔަކަށް ވިސާ ނުދޭނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.

މި މައްސަލައާ އެކު އެމެޒޯނުން އެ ފައިފުހި، ބާޒާރުން ނަގާފައިވާ އިރު، އިއްޔެ އެމެޒޯން ޔޫއެސްއިން ވަނީ އެ ވެބްސައިޓު މެދުވެރިކޮށް ވިއްކަމުން ދިޔަ، އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ ފޮޓޯޖެހި ފައިވާންތަކެއް ބާޒާރުން ނަގައިފައެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިކާސް ސްވާރުޕް ވިދާޅުވީ، ތާޑް ޕާޓީ ވެންޑަރއަކަށް އެމެޒޯން ވި ނަމަވެސް، އިންޑިއާއަށް މުހިންމު އަދި ޚާއްސަ ކަންކަމަށް އެމެޒޯނުންވެސް އިހްތިރާމުކުރަންޖެހޭނެ ކަން، ވޮޝިންގްޓަންގައި ހުންނަވާ އިންޑިއާގެ ސަފީރު އެމެޒޯނަށް ވިދާޅުވެފައިވާ ކަމަށެވެ.

comment ކޮމެންޓް