ފިޓްނަސް ޓެސްޓްތަކަށްފަހު ބިދޭސީ 4 ކުޅުންތެރިން ނިއުއާ ގުޅިއްޖެ

ނިއުއަށް ގެނައި ބިދޭސީ ހަތަރު ކުޅުންތެރިން އެޓީމްގެ ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު ---

އާ ސީޒަނަށް ނިއު ރޭޑިއަންޓް ވަރުގަދަ ކުރުމުގެ ގޮތުުން އެ ޓީމަށް ގެނައި ހަތަރު ބިދޭސީ ކުޅުންތެރިން ފިޒިކަލް ފިޓްނަސް ޓެސްޓްތަކަށް ފަހު ޓީމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި އެވެ.

އާ ސީޒަނަށް ނިއުއަށް ގެނައިި ބިދޭސީ ހަތަރު ކުޅުންތެރިންނަކީ ފިލިޕީންސް ލީގުގެ ވޭތުވެދިޔަ ދެ އަހަރުގެ ޓޮމް ސްކޯރާ ސްޕެއިނުގެ އެޑްރިއަން ގަލާޑޯ އާއި ނެދަލެންޑްސް މިޑްފީލްރު ޖަމެލް ރޮމާނޯ ލީފްލޭންގާއި ޖަޕާން މިޑްފީލްޑަރު ކެސިއުކޭ އޮގާވާ އަދި ޗެލްސީގެ ޔޫތު ޓީމުގެ ކުރީގެ ކެޕްޓަން ޑެނިއަލް ޕަޕޯ އެވެ.

ހަތަރު ކުޅުންތެރިން ވެސް މިދިޔަ ބުދަ ދުވަހު މާލެ އައިސްފައިވާއިރު އެ ކުޅުންތެރިން ޓީމަށް ސޮއުކޮށްފައި މި ވަނީ ތަޖުރިބާކާރު ފިޓްނަސް އިންސްޓްރަކްޓަރު މުހައްމަދު ފަޔާޒް (ފިއްޓޭ)ގެ ބެލުމުގެ ދަށުން ފިޒިކަލް ޓެސްޓްތަށް ފުރިހަމަ ކުރުމަށްފަހު އެވެ.

ނިއުގެ އާ ކޯޗު ޕޯޗުގަލްގެ ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސްއާ އެކު ބާއްވާ ފުރަތަމަ ފަރިތަކުުރުންތަކުގައި އެ ހަތަރު ކުޅުުންތެރިން ވެސް ބައިވެރިވާނެ އެވެ. މާދަމާ 15:45 ޓާފް އެއް ނަމްބަރު ދަނޑުގައި ނިއުގެ ފަރިތަކުރުންތަށް ފެށުމަށް ހަމަޖެހިފައިވާއިރު ޕްރި-ސީޒަން ލޯންޗިން ހަފުލާ މާދަމާ ހެނދުނު 11 ޖަހާއިރު ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އާ ސީޒަނަށް ނިއުއަށް ގެނެސްފައިވާ ދިވެހި ކުޅުންތެރިންނަކީ ގޯލްކީޕަރު އިމްރާން މުހައްމަދާއި އަލީ ފާސިރު (ސެންޓޭ) އާއި އަކްރަމް އަބްދުލްގަނީ އާއި އަހުމަދު އަބްދުﷲ (ލިލީ)ގެ އިތުރުން ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން އެވެ.

comment ކޮމެންޓް