ލިވަޕޫލް އަތުން ބަލިވާން ދަނިކޮށް، އިބްރަހިމޮވިޗް ޔުނައިޓެޑް ސަލާމަތްކޮށް ދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެން ---

އިނގިރޭސި ޕްރިމިއާ ލީގުގައި ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ސަބަބުން ލިވަޕޫލް އަތުން ބަލިވާން ދަނިކޮށް، ފަހުވަގުތު ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް މެންޗެސްޓާ ޔުނައިޓެޑް ސަލާމަތްކޮށްދީފި އެވެ.

ޔުނައިޓެޑްގެ އޯލް ޓްރެފަޑްގައި މިރޭ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެން ---

އެ މެޗުގެ 27 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޕޮގްބާ ބޯޅައިގައި އަތްލުމުން ލިވަޕޫލަށް ވަނީ ޕެނަލްޓީއެއް ލިބިގެންގޮސްފައެވެ. ލިވަޕޫލަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދީ، ލީޑު ހޯދައިދިނީ އިނގިރޭސި މިޑްފީލްޑަރު ޖޭމްސް މިލްނާއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އޭގެ ތެރެއިން އެންމެ ގިނަ ފުރުސަތުތަކެއް ލިބިފައިވަނީ ޔުނައިޓެޑަށެވެ. އެގޮތުން ޒްލަޓަން އިބްރަހިމޮވިޗް އާއި ހެންރިކް މިކިތާރިޔަންއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެން ---

މެޗުގެ ދެވަނަ ހާފުގައި ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރި ލިވަޕޫލްގެ ބްރެޒިލް މިޑްފީލްޑަރު ފިލިޕް ކޫޓީނިއޯ ފެނިގެންދިޔައެވެ. ދެވަނަ ހާފުގެ ތެރޭގައި އޭނާ ވަނީ ލިވަޕޫލަށް ލަނޑުޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްދީފައެވެ.

ދެވަނަ ހާފުގައި ވެސް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްލެވުނީ މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށެވެ. އެންޓޯނިއޯ ވެލެންސިއާ ނަގައިދިން ހުރަހަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރަހިމޮވިޗެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެފައި ބޮލުން އުފެއްދި ހަމަލާއަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެން ---

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، އަދިވެސް އެއްވަނައިގައި އޮތީ ޗެލްސީއެވެ. އެޓީމަށް ކުޅުނު 21 މެޗުން 52 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅުނު 21 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ލިވަޕޫލަށް ވެސް 21 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ. ލިވަޕޫލްއަށްވުރެ ކުރީގައި ޓޮޓެންހަމް އޮތީ ގޯލުގެ ތަފާތުންނެވެ. ޔުނައިޓެޑް އޮތީ ކުޅުނު 21 މެޗުން ލިބުނު 40 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.

comment ކޮމެންޓް