ސްޓެލްކޯއިން ދެ ލައްކަ ޑޮލަރު ގަންނަން ދިން ފައިސާއަށް ޑޮލަރު ނުލިބުމުން ދައުވާކޮށްފި

މާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ޝަރޫ ލޯންޗް ސަރވިސް ޕވޓ ލޓޑ އިން ދެލައްކަ އެމެރިކާ ޑޮލަރު ގަތުމަށް ސްޓެލްކޯ އިން ދިން ފައިސާ އާ ހަވާލުވުމަށް ފަހު ޑޮލަރު ނުދީގެން ދައުވާކޮށްފި އެވެ.

ސްޓެލްކޯ އިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި ބުނެފައި ވަނީ ޝަރޫ ލޯންޗް ސަރވިސް ޕވޓ ލޓޑ އިން -/200,000 އެމެރިކާ ޑޮލަރު ގަތުމަށް -/3,084,000 ރުފިޔާ ދީފައިވާނެ ކަމަށެވެ.

އެފައިސާ ހަވާލުވުމަށް ފަހު ޝަރޫ ލޯންޗް ސަރވިސް ޕވޓ ލޓޑ އިން ސްޓެލްކޯއަށް ދީފައިވާ ދެލައްކަ އެމެރިކާ ޑޮލަރުގެ ޗެކް ބައުސް ވެފައިވާ ކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ.

އެހެންކަމުން އެ ފައިސާ އެކީ އެއްފަހަރާ ހޯދައިދިނުމަށް ސްޓްލްކޯ އިން ވަނީ ކޯޓުގައި އެދިފަ އެވެ.

ސްޓްލްކޯ އިން ޑޮލަރު ގަންނަން އެކުންފުންޏަށް ދީފައިވާ ފައިސާގެ އިތުރުން ފެނަކަ އަށް ދީފައިވާ ފައިސާއަށް ވެސް އެކުންފުނިން ޑޮލަރު ދީފައި ނުވާ ކަމަށް ބުނެ ފެނަކައިން ވެސް ވަނީ ދައުވާކޮށްފަ އެވެ. ފެނަކައިން ނަގާފައި ވަނީ 17 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް