ދެ ލައްކަ ރުފިޔާ ފޭރުނު މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ފުލުހުން ސީނެއްގައި ހަރަކާތްތެރި ވަނީ --- ސަން ފައިލް ފޮޓޯ

މި މަހުގެ ދެވަނަ ދުވަހުގެ ވަގުތެއްގައި ރެއިންބޯ ފިހާރައެއްގެ 200،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ، ރެއިންބޯގެ ހެޑް އޮފީހަށް ގެންދަނިކޮށް އެފައިސާތައް ފޭރުނު މައްސަލައިގެ ތުހުމަތުކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ފިރިހެން ކުއްޖަކާއި 23 އަހަރުގެ ފިރިހެނެއްގެ އިތުރުން 21 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ އެންމެންނަކީވެސް ދިވެހިންނެވެ.

އެ މީހުންގެ ތެރެއިން 19 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އަދި 17 އަހަރުގެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ވަގުތެއްގައެވެ. 23 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އަދި 21 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

އެ މައްސަލާގައި ފޭރުނު ފައިސާތައް ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަސް ފުލުހުން ބުންޏެވެ. އަދި އެ މައްސަލާގައި ތުހުމަތުކުރެވޭ އިތުރު މީހުން ހޯދުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ.

އެ އެންމެންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްދީފައެވެ.

comment ކޮމެންޓް