މަޖިލީހުގެ ޖަލްސާތައް އަންނަ މަހު 6ގައި ފައްޓަނީ

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ---- ފައިލް ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ބާއްވާ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރިޔާސީ ބަޔާން އިއްވަވާނެ އެވެ.

ގާނޫނު އަސާސީގައިވާ ގޮތުގެ މަތީން ރިޔާސީ ބަޔާން އިއްވަވަން ޖެހިވަޑައިގަންނަ ވާނީ ގައުމުގެ ހާލަތު ބަޔާންކޮށްދެއްވައި އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަމުގެ ގޮތުގައި އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މިއަދު ސަން އަށް ވިދާޅުވީ އަންނަ މަހުގެ 6 ވަނަ ދުވަހު، މި އަހަރަށް ޖަލްސާތައް ފައްޓަން ތައްޔާރުވަމުން އަންނަކަން މަޖިލީހުގެ އިދާރާ އިން އަންގާފައިވާ ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް އޮންނަނީ އަހަރު ދުވަހުގެ ތެރޭގައި ތިން ޓާމަކަށް ބަހާލައިގެންނެވެ. ގަވާއިދުގައިވާ ގޮތުން، ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން އޭޕްރީލް މަހުގެ ނިޔަލަށެވެ.

comment ކޮމެންޓް