"މަލިކާ"ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން

ފިލްމު "މަލިކާ"ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާގެ ތެރެއިން --- ސަން ފޮޓޯ

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދުގެ ސްކްރީންޕްލޭއަކަށް އީއެސް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ ފިލްމު "މަލިކާ"ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައިފިއެވެ.

ފިލްމުގެ ފުރަތަމަ ޓްރެއިލާ އާއި ޕޯސްޓަރު ދައްކާލުމަށް ރޭ ސީކްރެޓް ރެސިޕީގައި ބޭއްވި ހަފްލާގައި ފިލްމުގެ ބައެއް ޕާޓްނަރުންނާއެކު ވަނީ ސޮއިކޮށްފައެވެ.

އެގޮތުން ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައި، އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

އެއްބަސްވުމުގައި މަލިކާ ޓީމުގެ ފަރާތުން ސޮއިކުރީ ފިލްމުގެ މާކެޓިން ކަންތައްތަކާ ހަވާލުވެ ހުންނަ، މަޝްހޫރު ޕްރޮޑިއުސަރު ހުސެއިން ނޫރައްދީން (ނޫރު)އެވެ. ސަން އޮންލައިންގެ ފަރާތުން ސޮއިކުރެއްވީ ސަން މީޑިއާ ގްރޫޕްގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން މިންހާ ފާއިޒެވެ.

އޭގެ އިތުރުން، ފިލްމު މަލިކާގެ ސައުންޑް އެންޑް ލައިޓިން ޕާޓްނަރަކަށް "ސްޓޭޖް ކޯ" ހަމަޖެއްސިއިރު، ޓީވީ ޕާޓްނަރަކަށް ހަމަޖެއްސީ ވީ މީޑިއާއެވެ.

ޒުވާން ގިނަ ތަރިންތަކެއް ފެނިގެންދާ އެ ފިލްމުގެ ތަރިންގެ ތެރޭގައި އަލީ އާޒިމް (ދޮން އައްޔަ) އާއި ފާތިމަތު އަޒީފާ (އަޒޫ)، ޖުމައްޔިލް ނިމާލް އަދި އަހުމަދު ޝާކިރު (ޝާކް އައްމަޑޭ)ގެ އިތުރުން އަހުމަދު އާސިމް އަދި ނީނާ ސަލީމްގެ އަދި ކުރީގެ މަޝްހޫރު ފިލްމީ ތަރި އިސްމާއިލް ޒާހިރު ފެނިގެންދާނެ އެވެ.

ފިލްމު މަލިކާ އިން ފިލްމީ ދާއިރާއަށް މުޅިން އާ ބަތަލާއަކު ވެސް ތައާރަފްވެގެންދާނެ އެވެ. އެއީ ނުޒުހަތު ޝުއައިބް (ނުޒޫ)އެވެ.

ލިލީގެ ޗެއާމަން މައްލާ ނާސިރު (މައްލާ ނާބެ) އާއި އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) ޕްރޮޑިއުސްކޮށް، އަލީ މުސްތަފާ (ސެމީ) އާއި މަޝްހޫރު ޑައިރެކްޓަރު މޫމިން ފުއާދު އަދި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ޑައިރެކްޓްކުރާ ފިލްމު މަލިކާ ޕްރިމީއާ ކުރަން ނިންމާފައި ވަނީ އަންނަ މާޗް މަހުގެ ދެ ވަނަ ދުވަހުއެވެ.

comment ކޮމެންޓް