އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗު ޓެއިލާ މަރުވެއްޖެ

އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗު ގްރަހަމް ޓެއިލާ: އޭނާ މަރުވިއިރު، އުމުރަކީ 72 އަހަރު ---

އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗު ގްރަހަމް ޓެއިލާ، އުމުރުން 72 އަހަރުގައި މަރުވެއްޖެއެވެ.

ޓެއިލާގެ އާއިލާއިން އޭނާ މަރުވިކަން ކަށަވަރުކޮށްދީފައިވާއިރު، އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށް ބެލެވެއެވެ.

ޓެއިލާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ފުން ހިތާމައާއެކު ޓެއިލާ މަރުވިކަން އިއުލާންކުރާ ކަމަށާއި އޭނާ މަރުވީ އޭނާގެ އަމިއްލަ ގޭގައި ކަމަށެވެ. އަދި އެކަމަކީ ޓެއިލާގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމުގައި ސިފަކުރާ ކަމަށް ވެސް އެ އާއިލާއިން ބުނެއެވެ.

ޓެއިލާ ވަނީ 1977 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށް އިނގިރޭސި ދެ ކްލަބު ކަމަށްވާ ވެޓްފޯޑް އާއި އެސްޓަން ވިލާއަށް ދެ ފަހަރެއްގެ މަތިން އިރުޝާދުދީ، އެ ދެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ.

ޓެއިލާ އިނގިރޭސި ގައުމީ ޓީމާ ހަވާލުވެފައިވަނީ 1990 ވަނަ އަހަރެވެ. އިނގިރޭސި ގައުމީ ޓީމުގެ ކޯޗުކަމުން އޭނާ 1993 ވަނަ އަހަރު އިސްތިއުފާދީފައިވަނީ ވޯލްޑް ކަޕް 1994އަށް އެ ޓީމު ކޮލިފައިނުވުމާ ގުޅިގެންނެވެ.

comment ކޮމެންޓް