ހަސަން މެރިން އިންޖިނިއަރިން އަށް ސަރަހައްދީ ފެންވަރުގެ އެވޯޑެއް!

ހަސަން މެރީން އަށް ލިބުނު އެވޯޑު އެ ކުންފުންޏާ ހަވާލުކުރަނީ -- ފޮޓޯ/ ހަސަން މެރިން

ސަރަހައްދީ ފެންވަރުގެ އެވޯޑެއް، ރާއްޖޭގެ ހަސަން މެރިން އިންޖިނިއަރިން ސޮލިއުޝަންސް އަށް ލިބިއްޖެއެވެ.

އިންޑޮނޭޝިޔާގައި މިހާރު ކުރި އަށް ދާ "މާކިއުރީ މެރިން އޭޝިޔާ ބިޒްނަސް ކޮންފަރެންސް"ގައި ރާއްޖޭގެ ހަސަން މެރިން އިންޖިނަރިން އަށް ލިބިފައިވަނީ "މާކިއުރީ މެރިން"ގެ މާކެޓިން އެކްސެލެންސް އެވޯޑެކެވެ.

އެ އެވޯޑަކީ އޭޝިއާ ސަރަހައްދުގައި މާކިއުރީ މެރިންގެ ޕްރޮޑަކްޓުތައް މާކެޓް ކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅަށް މާކެޓް ކުރާ ކުންފުންޏަކަށް ދޭ އެވޯޑެވެ. އަދި މިއީ ހަސަން މެރިން އިންޖިނިއަރިން އަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބުނު ފުރަތަމަ ފަހަރެވެ.

ހަސަން މެރިން އަށް ލިބުނު އެވޯޑު -- ފޮޓޯ/ ހަސަން މެރިން

ރޭ ބޭއްވި ރަސްމިއްޔާތެއްގައި ހަސަން މެރިންއަށް ލިބުނު އެވޯޑާ އެ ކުންފުނީގެ ފަރާތުން ހަވާލުވީ، ހަސަން މެރިންގެ މެނޭޖިން ޑިރެކްޓަރު ހަސަން ހަލީމް އެވެ. ހަސަން މެރިންއާ އެވޯޑް ހަވާލުކޮށްދެއްވީ މާކިއުރީގެ ރައީސް ޖޯން ސީ ފައިފާއެވެ.

ހަސަން މެރިން އަކީ، މާކިއުރީ އިންޖީނާއި، އެ އިންޖީނުގެ ސްޕެއާ ރާއްޖެ އެތެރެކޮށް ވިޔަފާރި ކުރުމުގެ ހުއްދަ ހޯދާފައިވާ ހަމައެކަނި ކުންފުންޏެވެ. ރާއްޖޭގެ މެރިން އިންޑަސްޓްރީގައި ހަސަން މެރިން އިން ދަނީ ގިނަ ގުނަ ކުރިއެރުންތަކެއް ހޯދަމުންނެވެ.

comment ކޮމެންޓް